ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދަށް ލިބިލެއްވި ފްލެޓް އެމަނިކުފާނު ދޫކޮށްލައްވައިފިއެވެ.
އެމަނިކުފާނު ކޯއެޕްލިކެންޓެއްގެ ގޮތުގައި ހުންނަވައިގެން ކުރިމަތިލެއްވީ ތިން ކޮޓަރީގެ އެޕާޓްމެންޓަކަށެވެ.
އެމަނިކުފާނު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މިއަދު އިޢުލާންކުރި ފްލެޓް ލިސްޓުގައި އޭނާއާއި އޭނާގެ އަނބިކަނބަލުން މަރްޔަމް ތައުފީޤަށް ތިން ކޮޓަރީގެ ފްލެޓެއް ލިބޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މިހާރު ހުރި ހައިސިއްޔަތުގެ ގޮތުން، ފްލެޓް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެދެމަފިރިންނަށްވުރެ މި ސްކީމުން ފްލެޓް ލިބުން ޙައްޤުވާ އެތައް ޢާއިލާއެއް ތިބޭނެތީވެ، ފުލެޓް ދޫކޮށްލެއްވީއެވެ.