4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

ހުސައިން އިސްމާއިލް | 15 ދުވަސް ކުރިން - 16:10
ހުޅުމާލޭގެ ފޭސް 2 ގައިވާ ފުލެޓުތައް - 4000 ފްލެޓުގައި ހިިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓު.
ހުޅުމާލޭގެ ފޭސް 2 ގައިވާ ފުލެޓުތައް - 4000 ފްލެޓުގައި ހިިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓު.
ޚުލާސާ

އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވޭ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ފްލެޓް ލިބޭނެ ފަރާތްތަކުގެ ނަންތައް ހާމަކޮށްފިއެވެ.

މި ލިސްޓުގައި ޖުމްލަ 1،820 މީހުންނަށް ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވެއެވެ. މީގެ ތެރެއިން 1،423 މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ލިބޭއިރު، 397 މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ލިބޭނެއެވެ. އަދި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާއި އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިވެފައިވާކަން ފާހަގަކުރެވެއެވެ.

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ބަލާފައިވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯއެވެ. އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގައި އެންމެ ބޮޑަށް ފާހަގަވި މައްސަލައަކީ މާލޭގައި 15 އަހަރު ދުވަހު އުޅުނު ކަމުގެ ލިޔުން ހޯދުމަށް ގޭގެ ވެރިފަރާތުންނާއި ކައުންސިލުތަކުން ސައްހަ ނޫން ލިޔުން ހޯދާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިން ތަހުގީގެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓެވެ. ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓާއެކު، ޝަރުތު ހަމަނުވާ ފަރާތްތަކުގެ ސަބަބުތައް ވެސް ހައުސިންގ މިނިސްޓްރީން އާންމުކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%