އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ހުސައިން އިސްމާއިލް | 15 ދުވަސް ކުރިން - 13:19
އެކްސިޑެންޓްވި ލީވަން އަބްދުއްސައްތާރު ދުއްވި ސައިކަލް / ފޮޓޯ: ފޭސްބުކް
އެކްސިޑެންޓްވި ލީވަން އަބްދުއްސައްތާރު ދުއްވި ސައިކަލް / ފޮޓޯ: ފޭސްބުކް
ޚުލާސާ

މަރުވީ ކ.މާލެ، ގ.ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރު، 24. އޭނާއަކީ ރޭސިން ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނެއް.

އައްޑޫ ސިޓީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނެއް މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މަރަދޫއިން ހިތަދޫއަށް ދުއްވަމުންދިޔަ ސައިކަލެއް ބާރު ސްޕީޑުގައި ދަނިކޮށް ބްރިޖުގެ ބެންޑު ހިސާބުން ކޮންޓްރޯލް ނުވެ، ބްރިޖުގެ ފެންސުގައި ޖެހުމުގެ ސަބަބުންނެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައީ 9:15 ހާއިރުއެވެ. އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް 9:50 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި އެކްސިޑެންޓުގައި މަރުވީ ކ.މާލެ، ގ.ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރެވެ. އޭނާއަކީ ރޭސިން ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިފަހުން ވެސް އައްޑޫގައި ރޭސިން ފަރިތަކުރުންތަކުގައި އުޅެނިކޮށް އެކްސިޑެންޓުވެ އައްޑޫ ޒުވާނެއްގެ ޙާލު ސީރިއަސް ވިއެވެ.

މި އެކްސިޑެންޓުތަކުގެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%