ރަމަޟާންމަހު ފަލަސްޠީނު މުސްލިމުންގެ ނަމާދަށް އިސްރާއީލުން ނުރަސް އަޅަން ނިންމައިފި

ޖަވާދު | 17 ދުވަސް ކުރިން - 17:25
އިސްރާއީލް ސިފައިން ހަތިޔާރާއެކު އަޤްޞާ މިސްކިތަށް ހުކުރު ނަމާދަށް ވަދެތިބި މުސްލިމުންނާއި ތަޅާފޮޅުމުގެ ތެރެއިން (21 މެއި 2021. ފައިލް ފޮޓޯ)
އިސްރާއީލް ސިފައިން ހަތިޔާރާއެކު އަޤްޞާ މިސްކިތަށް ހުކުރު ނަމާދަށް ވަދެތިބި މުސްލިމުންނާއި ތަޅާފޮޅުމުގެ ތެރެއިން (21 މެއި 2021. ފައިލް ފޮޓޯ)
ޚުލާސާ

12 އަހަރާއި 54 އަހަރާއި ދެމެދުގެ މުސްލިމް ފިރިހެނުންނަށް އަޤްޞަ މިސްކިތަށް ވަނުން މަނާކުރާނެ ކަމަށާއި ހުކުރަށް ދާނަމަ ހުއްދަ ނަގަން ޖެހޭގޮތަށް ހަދާނެ ކަމަށް ޚަބަރުލިބޭ.

ކުރިއަށް އޮތް ރަމަޟާން މަހު އަލް-އަޤްޞާ މިސްކިތަށް ވަނުމަށް އިތުރު ހުރަސްތަކެއް މުސްލިމުންނަށް ކުރިމަތި ކުރުވުމަށް އިސްރާއީލުން ނިންމައިފިއެވެ. ރަމަޟާންމަހުގެ ރޭއަޅުކަން ކުރުމަށް ވެސް ގިނަ ބަޔަކު މިސްކިތަށް ވަނުމަށް ބޭނުންބާއިރު އިސްރާއީލުން ހުއްދަ ދޭނީ ވަކި އުމުރުފުރާތަކަކަށް އެކަންޏެވެ.

އިސްރާއީލުން ބުނަނީ މިސްކިތަށް 12 އަހަރާއި 54 އަހަރާއި ދެމެދުގެ އެއްވެސް މީހަކަށް ނުވަދެވޭނެއެވެ.

އިސްރާއީލްގެ ނުރަސްމީ ޗެނަލަކުން މިހެން ބުނެފައިވާއިރު، ރަސްމީ ހައިސިއްޔަތުން އިސްރާއީލުން މިކަމެއް އަދި އިޢުލާނެއް ނުކުރެއެވެ.

އިސްރާއީލް މީޑިއާތައް ބުނާ ގޮތުގައި ރަމަޟަން މަހު މަސްޖިދުލް އަޤްޞާ އަށް ވަދެވޭނީ:

- 55 އަހަރުން މަތީގެ ފިރިހެނުންނަށް

- 50 އަހަރުން މަތީގެ އަންހެނުންނަށް

- 12 އަހަރުން ދަށުގެ ކުޑަކުދިންނަށް

މީގެ އިތުރުން ހުކުރު ނަމާދަށް ވެސް ވަދެވޭނީ ގިނަވެގެން 10,000 މީހުންނަށް ކަމަށާއި، އެ މިސްކިތުގައި ހުކުރުކުރަން ބޭނުނ2ވާ ފަރާތްތަކުން ނަން ނޯޓުކުރަން ޖެހޭނެ ކަމަށެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވަނީ މި ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ޝިން ބެޓް އިންޓެލިޖެންސް އޭޖެންސީ، ފުލުހުން، ޖަލު އޮތޯރިޓީ އަދި ސިފައިންނާއި ގުޅިގެން ކަމަށެވެ. އަދި ގިނަ ބަޔަކު ބަލައި ފާސްކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަލް-އަޤްސާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ތަނެވެ. ކޮންމެ ރަމަޟާން މަހެއްގައި ވެސް ގިނަ އަދަދެއްގެ މުސްލިމުން މި މިސްކިތަށް ޒިޔާރަތްކުރާއިރު، 1967 އިން ފެށިގެން އިސްރާއީލުން ދަނީ ފަލަސްތީނުގެ މުސްލިމުންނަށް މިސްކިތަށް ވަނުމަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރަމުންމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%