އިހުސާނަށް އިތުބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި

ހުސައިން އިސްމާއިލް | 16 ދުވަސް ކުރިން - 14:20
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން - އެ،ްނިކުފާނުގެ މައްޗަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ މަޖިލީހުން ނިންމައިފި / ފޮޓޯ: މަޖިލިސް.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން - އެ،ްނިކުފާނުގެ މައްޗަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ މަޖިލީހުން ނިންމައިފި / ފޮޓޯ: މަޖިލިސް.
ޚުލާސާ

އެމްޑީޕީން ހެދީ ދޮގު. އަސާެއްނެތް ތުހުމަތުތަކެއް. އެހެންވެ، މަޖިލީހުގެ ވަރަށް ފުރިހަމަ އަޣުލަބިއްޔަތުން ނިންމެވީ އިހުސާން ގެ މައްޗަށް ވަރަށް ފުރިހަމަ އިތުބާރެއް އެބައޮތް ކަމަށް،

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލައިގައި އިހުސާނަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދެއްވައި، ދެފަރާތުން ހުށަހެޅި ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓަރުގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ނިންމައިފިއެވެ.

އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް ހުށަހެޅި މި މައްސަލައިގައި އިހުސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އިހުސާން ވަނީ އެ ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބުދާރީވެވަޑައިގެންފައެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވުމަށް 47 މެންބަރުންގެ ވޯޓު ބޭނުންވެއެވެ. މި މައްސަލަ ފާސްކުރުމާއި ދެކޮޅަށް 64 މެންބަރުން ވޯޓު ދެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%