ރ. އުނގޫފާރުގައި ހުންނަ ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރުގެ ދެ މީހެއް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު (61 އަހަރު) އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު (67 އަހަރު) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.