ޙަމާސްއަށް އޮޅިގެން ނުބައި މީހެއްގެ ހަށިގަނޑެއް ޙަވާލުކުރެވިއްޖެ

ޖަވާދު | 20 ދުވަސް ކުރިން - 12:49
އޮޅިގެން ނުބައި ހަށިގަނޑެއް ޙަވާލު ކުރެވުނަސް، ފަހުން ޙަމާސް އިން ވަނީ އިތުރު ހަށިގަނޑެއް ޙަވާލުކޮށްފައި.
އޮޅިގެން ނުބައި ހަށިގަނޑެއް ޙަވާލު ކުރެވުނަސް، ފަހުން ޙަމާސް އިން ވަނީ އިތުރު ހަށިގަނޑެއް ޙަވާލުކޮށްފައި.
ޚުލާސާ

ޙަމާސް އިން ފަހުން ވަނީ އެހެން ހަށިގަނޑެއް ޙަވާލުކޮށްފައި. މައްސަލަ ދަނީ ތަޙްޤީޤު ކުރަމުން.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، ޙަމާސުން ޔަހޫދީންނާއި ޙަވާލުކުރި ހަތަރު ހަށިގަނޑުގެ ތެރެއިން އެކެއްގެ ހަށިގަނޑު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވި، އެ މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިއެވެ.

އިއްޔެ ޙަމާސުން ޙަވާލުކުރި ހަށިގަނޑުތަކުގެ ތެރެއިން އެއް ހަށިގަނޑަކީ ޙަމާސުން ބުނި މީހާގެ ހަށިގަނޑު ނޫން ކަމަށް ޔަހޫދީން ބުނުމާއި ގުޅިގެން، ޙަމާސުން ވަނީ އެހެން ހަށިގަނޑެއް ޔަހޫދީންނާއި ޙަވާލުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ޙަމާސުން ބުނެފައިވަނީ އެއީ އޮޅުމަކުން ހިނގި ކަމެއް ކަމަށެވެ.

ޙަމާސްގެ ސިޔާސީ ގޮފީގެ އިސް އޮފޮފިޝަލެއް ކަމުގައިވާ ބިސްމު ނަޢީމް ވިދާޅުވެފައިވަނީ، "އަސީރުންގެ ހަށިތައް ޙަވާލު ކުރަން ދެކޮޅު ހެދުމަކީ އަޅުގަނޑުމެންގެ ނިޔަތެއް، އަދި ބޭނުމެއް ވެސް ނޫން، އަދި އަސީރުން ބަދަލު ކުރުމަށް އަމަލު ކުރަމުންދާ އެއްބަސްވުމަށް އަޅުގަނޑުމެން އިޙުތިރާމު ކުރުން މަތީ ދެމިތިބޭނަން" ކަމަށެވެ.

ޙަމާސުން ބުނެފައިވާ ގޮތުގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދެ ކުޑަކުދިންނާއި އެ ކުދިންގެ މައިމީހާ މަރުވެފައިވަނީ 2023 ނޮވެންބަރުގައި ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައެވެ. ނަމަވެސް، މި ވާހަކަ އަށް ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.

އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، މިއަދު އިތުރު ހަ އަސީރުން މިނިވަން ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ 602 ފަލަސްޠީނު މުސްލިމުން މިނިވަން ކުރަން ޖެހޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%