ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތް ދިނުން މެދުކަނޑާލައިފި

އަައިޝަތު ޒީނާ | 23 ދުވަސް ކުރިން - 20:09
ބިދޭސީންތަކެއް މަސައްކަތުގައި. / ފޮޓޯ: ޚުލާސާ
ބިދޭސީންތަކެއް މަސައްކަތުގައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތް ދިނުން މެދުކަނޑާލާނެ ކަމަށް މީގެ ކުރިންވެސް ވުޒާރާއިން ވަނީ އިންޒާރު ދީފައި.

ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތް ދިނުން މެދުކަނޑާލައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ދައުލަތަށް ދައްކަން ޖެހޭ ފީތައް ޤަވާޢިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތް ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެގޮތުން އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް އައު ސައިޓް ރަޖިސްޓްރޭޝަން، އައު ކޯޓާ ޕޫލް، އަދި އައު ވޯކް ޕާމިޓް ދޫނުކުރާނެ ކަމަށް ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ.

ވުޒާރާއިން ބުނީ ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ޤަވާޢިދުން ފައިސާ ދައްކަމުންދާ ފަރާތްތަކަށް އެ ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތް ދިނުން މެދުކަނޑާލާނެ ކަމަށް މީގެ ކުރިންވެސް ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%