މަޑުއްވަރިއަށް އުފުލަންދޫ އަދި މީދޫއަށް ތާވަތާ ދީފި

އަައިޝަތު ޒީނާ | 24 ދުވަސް ކުރިން - 20:03
ރ. އުފުލަންދޫ. / ފޮޓޯ: ކްލިކް ގްރަފީ
ރ. އުފުލަންދޫ. / ފޮޓޯ: ކްލިކް ގްރަފީ
ޚުލާސާ

ރައީސް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސް އަށް ލިބިދޭ ބާރުގެ ދަށުން.

މާޅޮސްމަޑުލު އުތުރުބުރީ "އުފުލަންދޫ" އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ "ތާވަތާ" އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުއްވި ޤަރާރެއްގައެވެ.

ރައީސް މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރައީސްގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެނެސް؛ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސްގެ މި ވަޢުދުފުޅަކީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތަކަށް ވާއިރު، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލުކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ އިތުރުންވެސް މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ރައީސްގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސް ގެންދަވަނީ ރަށްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، އެރަށްތަކުގެ ރައްޔިތުން އެންމެ އެދޭކަންކަމަށް ވީއެންމެ އަވަސް ޙައްލުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%