ތޫފާނީ ބާރަކީ އިޤްތިޞާދާއި ގުޅުމެއް އޮތް ކަމެއް ނޫން: ނައިބު ރައީސް

އާނާ ފަހީމް | 25 ދުވަސް ކުރިން - 23:24
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް: ޑުބާއިގެ ސަމިޓުގައި އެމަނިކުފާނު ވިދާޅުވީ ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް: ޑުބާއިގެ ސަމިޓުގައި އެމަނިކުފާނު ވިދާޅުވީ ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން.
ޚުލާސާ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ސަމިޓުގެ ތެރެއިން ބޭއްވުނު ފޯރަމްގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށް.

ވޯލްޑް ގަވަމަންޓްސް ސަމިޓް 2025 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ސަމިޓުގެ އެކި ސެޝަންތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ އަޑު އުފުއްލަވާލައްވާފައެވެ.

ސަމިޓުގެ ތެރެއިން ބޭއްވުނު މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވަނީ ރާއްޖޭގެ ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާއި ގުޅިފައި އޮތް ކަމަކަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫނެވެ. އަދި މޫސުމީ ކާރިޘާ ތަކަކީ ސިޔާސީ މަޝްވަރާ ތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމްގައި ނައިބު ރައީސްގެ އަރިހުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރަގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ސަމިޓުގެ ޕްލެނަރީ ސެޝަނާއި ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގެ އިތުރުން، ދަ ގަވަމަންޓްސް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%