ރޯދަ ސާފު ޕްރޮގްރާމްގައި އެމްއޭސީއެލްގެ 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެއްޖެ

އާނާ ފަހީމް | 27 ދުވަސް ކުރިން - 16:25
އެމްއޭސީއެލްއިން އެއާޕޯޓު ސަރަހައްދު ސާފުކުރުމުގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްއިން އެއާޕޯޓު ސަރަހައްދު ސާފުކުރުމުގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން 500 އަށަވުރެ ގިނަ މުވައްޒަފުން ރޯދަ ސާފު ޕްރޮގްރާމުގައި ބައިވެރިވެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހައްދުތައް ސާފުކުރަން ފަށައިފި.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ރޯދަ ސާފު" ޕްރޮގްރާމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

މި ޙަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން ބައިވެރިވި މުވައްޒަފުން ސާފުކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހައްދުތަކެވެ. މިއީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭއްވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.

އެމްއޭސީއެލްއިން އަބަދުވެސް އެއާޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއާޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދެއެވެ. މިފަދަ ހަރަކާތްތަކުން އެއާޕޯޓުގެ މާހައުލު ރީތިކޮށް ބެލެހެއްޓުމާއެކު، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އިތުރުވެ، ޓީމް ސްޕިރިޓް ވަރުގަދަވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ރޯދަ ސާފު" ޕްރޮގްރާމަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތައް ސާފުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުން ބައިވެރިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%