ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އިރުމަތީގައި އަލް-ޤައްސާމް ބްރިގޭޑާއި ސަރާޔާ އަލް-ޤުދުސްއިން އިސްރާއީލްގެ ތިން ރަހީނުން ރެޑް ކްރޮސްއާއި ހަވާލުކޮށްފިއެވެ. މިއީ ރަހީނުންނާއި ބަންދު މީހުން ބަދަލުކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މަރުހަލާގެ ދަށުން ކުރެވުނު ކަމެއްކަމަށް ހަމާސް އިން ރިޕޯޓުކޮށްފައި ވެއެވެ.
އަލްޤައްސާމް ބްރިގޭޑްސްގެ އަސްކަރީ ތަރުޖަމާނު އަބޫ އޮބެއިދާ ވިދާޅުވީ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ތެރެއިން، އިޒްރޭލުން އަސީރުކޮފައިވާ ފަލަސްޠީނުގެ 369 އަސީރުން މިއަދު މިނިވަން ކުރުމަށް ޓަކައި ޔަހޫދީންގެ 3 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުންނަކީ:
1- ސާޝާ އެލެގްޒެންޑަރ ޓްރަބްނޮވް
2- ސާގި ޑެކެލް ހާން
3- ޔައިރް ހޯރން