މިނިސްޓަރުންނާއި ސުވާލުކުރުމަށް ބާއްވާ ހަތަރުވަނަ ބައްދަލުވުން މާދަމާ ރޭ

ހުސައިން އިސްމާއިލް | 27 ދުވަސް ކުރިން - 23:22
ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގެ ތެރެއިން / ފޮޓޯ: ނިޝާން ޢަލީ
ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގެ ތެރެއިން / ފޮޓޯ: ނިޝާން ޢަލީ
ޚުލާސާ

މާދަމާރޭ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖެންޑާ މިނިސްޓަރާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރާއި އަދި ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރަށް.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ މިނިސްޓަރުންނާއި ސުވާލުކުރުމަށް ބާއްވާ 'އަހާ' ފޯރަމްގެ ހަތަރުވަނަ ބައްދަލުވުން މާދަމާ ރޭ 9:00 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ފަސް މިނިސްޓަރުންނެވެ. އެއީ ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އަދި ޓޫރިޒަމް އަދި އެންވަޔަރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމްއެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާއި ސުވާލު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން ކުރިއާލައި އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވަންވާނެއެވެ. އެގޮތުން އެސްއެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.

'އަހާ' ފޯރަމަކީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ބާއްވާ ފޯރަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%