މާދަމާ ޤަތުލުޢާންމެއް ހިންގަން އިސްރާއީލުން އިންޒާރުދީފައި ވަނިކޮށް ދޫކޮށްލާނެ 3 ރަހީނުންގެ ނަން އިޢުލާން ކޮށްފި

ހުސައިން އިސްމާއިލް | 28 ދުވަސް ކުރިން - 17:09
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ޚުލާސާ

ހަމާސް އިން މީގެ ކުރިން ބުނެފައި ވަނީ އިސްރާއީލުން ހަނގުރާމައިގެ އެއްބަސްވުމާއި ޚިލާފުވާތީ ރަހީނުން ދޫކޮށްނުލާނެ ކަމަށް.

މާދަމާ ޤަތުލުޢާންމެއް ހިންގަން އިސްރާއީލުން އިންޒާރުދީފައި ވަނިކޮށް، ހަމާސް އިން މާދަމާ ދޫކޮށްލާނެ އިސްރާއީލުގެ 3 ރައްޔިތުންގެ ނަން އިޢުލާން ކޮށްފިއެވެ.

އަލްޤައްސާމް ބްރިގޭޑުގެ ބެލުމުގެ ދަށުގައިވާ ރަހީނުންގެ ތެރެއިން 3 ރަހީނުން މާދަމާ ދޫކޮށްލާނެ ކަމަށާއި އެމީހުންގެ ނަންތައް އިޢުލާންކުރީ ދާދި ދެންމެގައެވެ.

މީގެކުރިން ހަމާސް އިން ބުނަމުން އައީ އިސްރާއީލުން އެއްބަސްވުމާއި ޚިލާފުވަމުންދާތީވެ މާދަމާ ރަހީނުން ދޫކޮށް ނުލާނެ ކަމަށެވެ. ނަމަވެސް އިސްރާއީލުން އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލު ކުރާނެ ކަމުގެ ޔަޤީންކަން ދީފިނަމަ ހަމާސްއިން ވެސް އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ކުރާނެ ކަމަށް ބުނެފައި ވެެއެވެ.

މުޅި ދުނިޔެއިން ވެސް ނިންމައިގެން ތިބީ މާދަމާ އަކީ ބޮޑު ދުވަހަކަށް ވާނެ ކަމަށެވެ. އަނެއްކޮޅުން ޓްރަމްޕް ބުނެފައި ވަނީ މާދަމާ ރަހީނުން ދޫކޮށް ނުލައިފިނަމަ ހަނގުރާމަ އަލުން ފަށާނެ ކަމަށެވެ.

ނަތަންޔާހޫގެ ސަރުކާރުން ބުނެފައި ވަނީ މާދަމާ ރަހީނުން ދޫކޮށްނުލައިފިނަމަ ޤަތުލުޢާންމެއް ހިންގާނެ ކަމަށެވެ.

ހުރިހާ ފަރާތްތަކުން އިންޒާރު ދެމުންދިޔަ އިރުވެސް މިޞްރުގައި ޞުލްޙައިގެ މަޝްވަރާތައް ދަނީ ކުރިޔަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%