މިހާރު ވޭތުކުރަމުންދާ ޝަޢުބާން މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއް: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު | 28 ދުވަސް ކުރިން - 13:11
މިސްކިތުގައި މީހުން ނަމާދުކުރަނީ. / ފޮޓޯ: ޚުލާސާ
މިސްކިތުގައި މީހުން ނަމާދުކުރަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި މަހުގައި އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހު އަޅުކަމުގައި މަސްޢޫލުވުމަށް ލިބޭ ތަމްރީނެއްކަމުގައި ޚުޠުބާގައި ފާހަގަކުރި.

މިހާރު ވޭތުކުރަމުންދާ ޝަޢުބާން މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ ޝަޢުބާން މަހަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔާން ތައްޔާރުވަމުން އަންނަ މައްސަރަކަށް ވާތީ އެތައް ގޮތަކުން މި މަސް ޚާއްޞަވާ ކަމަށެވެ. އަދި މި މަހުގައި އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހު އަޅުކަމުގައި މަސްޢޫލުވުމަށް ލިބޭ ތަމްރީނެއްކަމުގައި ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ވަނީ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޢަމަލުފުޅުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިގޮތުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވާގޮތުން، މާތް ނަބިއްޔާ ޝަޢުބާން މަހަށްވުރެ ގިނައިން ސުންނަތް ރޯދަ ހިއްޕަވާ މައްސަރެއް ނުވާކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، ޚުޠުބާގައި ވަނީ ޝަޢުބާން މަހުގައި ކުރަން ރަނގަޅު އަޅުކަންތައް ތަފްޞީލުކޮށްފައެވެ. އެގޮތުން ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި، ޞަދަޤާތް ދިނުން ފަދަ ކަންކަމުގެ މުހިންމުކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ މުހިންމުކަން ވެސް ފާހަގަކޮށް ޚުޠުބާގައި ވަނީ، ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށާއި، ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރޭވުމަށް ގޮވާލާފައެވެ.

ޚުޠުބާގައި ވަނީ މި މަހުގެ ބަރަކާތްތަކުން މަންފާ ލިބިގަތުމަށް ވެސް މުސްލިމުންނަށް ގޮވާލާފައެވެ. އަދި ދީލަތިކަމާއި، އޯގާތެރިކަމާއި، ކެތްތެރިކަން އިތުރުކުރުމަށާއި، ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވުމަށް ވަނީ އިރުޝާދު ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%