ޔޫތު މިނިސްޓްރީން ހިންގާ ނެޝަނަލް އެޕްރެންޓިންޝިޕް ޕްރޮގްރާމްގެ ދަށުން އޭވިއޭޝަންގެ ދާއިރާއިން 100 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނު ކުރަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަމްރީނު ޕްރޮގްރާމް ފެށުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން އޭވިއޭޝަން ދާއިރާގެ އެކި ރޮނގުތަކުން 100 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކުރާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، އެ ޕްރޮގްރާމް ފަށާނެ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.
އެމްއޭސީއެލުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ އެއާޕޯޓުގެ އެކި މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގައިފަ އެވެ.