ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަޤާމުން ހަމްދީ އަގީލް ވަކި ކުރައްވައިިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޭނާ ވަކިކުރެއްވި ނަމަވެސް ވަކި ކުރެއްވި ސަބަބެއް އަދި ސާފެއް ނޫނެވެ.
ޕީސީބީ ބޯޑުގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރު ނޮވެންބަރު 22 ގައެވެ. އެ މަޤާމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފެންނަ ކަމަށް ރުހުން ދިނީ މިދިޔަ މެއި މަހު 13 ގައެވެ.
މީގެ ކުރިން ހަމްދީ ވަނީ އާރުޑީސީ އަދި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމު ވެސް އަދާކޮށްފައެވެ.
ޕީސީބީއަކީ ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައި އޮންނަ އިދާރާއެވެ.