އަންނަ ހޮނިހިރު ދުވަހު ދޫކުރަން ހަމަޖެހިފައިވާ އިސްރާއީލުގެ އަސީރުން ދޫކުރުން ފަސްކޮށްލައިފި ކަމަށް ހަމާސްގެ ނުރަސްމީ ޗެނަލް ތަކުން ބުނެފިއެވެ.
ހަމާސް އިން ބުނާ ގޮތުގައި މިއީ ހަނގުރާމަނހުއްޓަލުމަށް ވެފައިވާ އެއްބަސްވުމާއު އިސްރާއީލުން އެތައް ފަހަރަކު ޚިލާފުވެފައި ވާތީއެވެ.
މި ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 90 އަސީރުންގެ ތެރެއިން 3 ޒަޔަނިސްޓުން ދޫކޮށްލިއެވެ. އެއަށްގަހު މިމަހުގެ 8 ވަނަ ދުވަހު ވެސް 3 ޒަޔަނިސްޓުން ގައްސާމް ބްރިގޭޑުން ދޫކޮށްލިއެވެ.
ހަމާސް އިން ބުނި ގޮތުގައި ފާއިތުވި ތިން ހަފުތާގައި އިސްރާއީލުން ވަނީ އެތައް ފަހަރަކު އެއްބަސްވުމާއި ޚިލާފުވެފައެވެ.
އެގޮތުން ޣައްޒާގެ ދެކުނުން އުތުރަށް މީހުން އެނބުރި ދިއުމަށް ހުރަސް އަޅާ ކަމަށާއި، ޣައްޒާގެ އެކި ސަރަހައްދުތަކަށް ބަޑިޖަހައި އަދި ބޮމުން ހަމަލާ ދީފައިވެއެވެ. މީގެ އިތުރުން އެއްބަސްވެވުނު ގޮތަށް ހުރިހާ ބާވަތެއްގެ ރިލީފް ސާމާނު ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
ހަމާސްއިން ބުނީ އިސްރާއީލުން މި ކަންކަމަށް ބަދަލު ދޭންދެން އަސީރުން ދޫކުރުން ފަސްކުރާނެ ކަމަށެވެ. އަދި އިސްރާއީލުން އެއްބަސްވުމުގެ ޝަރުތުތަކަށް ޢަމަލުކުރާހާ ހިނދަކު، ހަމާސްއިން ވެސް އެއްބަސްވުމަށް ޢަމަލުކުރާނެ ކަމަށް ކަށަވަރުކޮށްދީފައި ވެއެވެ