ލ. މައިބައިދޫ ކައުންސިލްގެ މެންބަރު، އެރަށު ފިނިފެންމާގޭ ޙަސަން ޒަރީރު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މަރުޙޫމް ޙަސަން ޒަރީރު ނިޔާވީ ހިތް ހުއްޓިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދަނޑިވަޅުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ޙަސަން ޒަރީރުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައި ވެއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ވެސް ތައުޒިޔާގެ މެސެޖުގައި ވެއެވެ.