ފަޅުރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ހުސައިން އިސްމާއިލް | 84 ދުވަސް ކުރިން - 3 ފެބްރުއަރީ 2025 13:34
ކުޑަކުދިން ރައްކާތެރި ކުރުމަކީ އެންމެންގެ ޒިން،މާއެއް.
ކުޑަކުދިން ރައްކާތެރި ކުރުމަކީ އެންމެންގެ ޒިން،މާއެއް.
ޚުލާސާ

އެ މައްސަލައިގެ މަޢުލޫމާތު އެފަރާތަށް ލިބުމާއެކު ކަމާބެހޭ ފަރާތުން ތަޙުޤީޤު ފަށައި، އެކަމުގައި ޝާމިލުވާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން.

އުތުރުގެ އަތޮޅެއްގެ ފަޅުރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙްޤީޤު ކުރަން ފަށައިފިއެވެ.


ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އެ މައްސަލައިގެ މަޢުލޫމާތު އެފަރާތަށް ލިބުމާއެކު ތަޙުޤީޤު ފަށައި، އެކަމުގައި ޝާމިލުވާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.


ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުދިންގެ ރައްކާތެރިކަމަށްޓަކައި އަތޮޅާއި ރަށުގެ މަޢުލޫމާތު ހާމަކުރުމަކީ ކުޑަކުދިން ޙިމާޔަތްކުރުމާއި ރައްކާތެރި ކުރުމަށް އޮންނަ ޤާނޫނުގެ ދަށުން ވެސް މަނާ ކަމެކެވެ.

މި މައްސަލައިގައި މިހާތަނަށް ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%