ނިމިދިޔަ 15 އަހަރުގައި ޑިމޮކްރަސީގެ އެންމެ ރީތި ނަމޫނާ ދެއްކީ މި ސަރުކާރުން

އައިޝަތު އީމާން | 39 ދުވަސް ކުރިން - 11:09
31 ޖަނަވަރީ (ހުކުރު ދުވަހުގެ) ރޭގައި ފެނިގެން ދިޔައީ ސަރުކާރު ވައްޓާލާނެ ކަމުގެ ނިޔަތުގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިން ތަން. / އާޓްވޯކް: ޚުލާޞާ
31 ޖަނަވަރީ (ހުކުރު ދުވަހުގެ) ރޭގައި ފެނިގެން ދިޔައީ ސަރުކާރު ވައްޓާލާނެ ކަމުގެ ނިޔަތުގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިން ތަން. / އާޓްވޯކް: ޚުލާޞާ
ޚުލާސާ

ފާއިތުވި 15 އަހަރާއި ޚިލާފަށް ރޭ ފެނިގެންދިޔައީ، މަޖިލީހުގެ ސުޕަމެޖޯރިޓީ އާއި ބާރު އޮތް ނަމަވެސް، މުޒާހަރާއަށް ހުރަހެއް އެޅުމެއް ނެތި އެއްވެ އުޅުމުގެ ޙައްޤު އެންމެ ފުޅާމިނުން ބޭނުންކުރެވޭނެ ގޮތް ހަދައިދިން މަންޒަރު.

ސަރުކާރު ވައްޓައިލާނަމޭ ބުނެ އެތައް ފަހަރެއްގެމަތީން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އެކިއެކި މިނިސްޓަރުންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާއަށް އެކި ސިފަސިފައިގައި އިންޒާރުތައް ދީފައެވެ. އެގޮތުން ރޭ ބޮޑު އެއްވުމެއް ވެސް ބާއްވާނެ ވާހަކަ ދުރާލައި އެމްޑީޕީން އޮތީ ބުނެފައެވެ. މީގެ 1 މަސް ކުރިން އެމްޑީޕީން މިކަމަށް ތައްޔާރުވެއްޖެއެވެ. ވެރިކަން ވައްޓައިލާނަމޭ ބުންޏެވެ. އެހެންކަމުން އެންމެންވެސް ހީކޮށްގެން ތިބީ އެމްޑީޕީގެ މުޒާހަރާ ފުލުހުން ނުކުމެ ރޭ ރޫޅާލާނެ ކަމަށެވެ. އެއީ ފާއިތުވީ 15 އަހަރުގައި ވެސް އާންމުކޮށް ކަން ހިނގާފައި އޮތީ އެފަދަ ގޮތަކަށް ކަމަށް ވާތީއެވެ. ސަބަބަކީ މުޒާހަރާ ފެށުމުގެ ކުރިން ވެސް އެމްޑީޕީން އެކި ސިފަސިފައިގައި އިންޒާރުތައް ދީފައި ވާތީއެވެ.

ނަމަވެސް، ކަންތައްތައް ވެގެން ދިޔައީ ގިނަ ރައްޔިތުން ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. އެމްޑީޕީގެ މުޒާހަރާ ކުރިޔަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވީ އެއްބާރުލުމެވެ. ފެނިގެން ދިޔައީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، ފުރިހަމަ ބާރު އޮތް ނަމަވެސް، އިދިކޮޅު އެމްޑީޕީ އަށް އެއްވެސް ހުރަހެއް އެޅުމެއް ނެތި އެއްވެ އުޅުމުގެ ޙައްޤު އެންމެ ފުޅާމިނުން ބޭނުންކުރެވޭނެ ގޮތް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދިން މަންޒަރެވެ.

?ref_src=twsrc%5Etfw">January 31, 2025

މި އުސޫލަކީ ފާއިތުވި 15 އަހަރު ވެސް ރައްޔިތުންނަށް ނުފެންނަ ރިވެތި އުސޫލެކެވެ. ފާއިތުވި 3 ވެރިކަމުގައި ވެސް ސަރުކާރާއި ދެކޮޅަށް އަދި ވަކިން ޚާއްޞަކޮށް ވެރިމީހާ އާއި މިނިސްޓަރުންގެ އިސްތިއުފާއަށް ގޮވައި ދޮގު ބުހުތާނު ވާހަކަތައް ދައްކާނަމަ އެ އެއްވުމެއް ފުލުހުން ރޫޅާލާތަން ފެނިގެން ދިޔައެވެ. ކުރީގެ ވެރިކަން ތަކުގައި އިދިކޮޅު މުޒާހަރާތަކާއި ފުލުހުން ކުރިމަތިލިއިރު ރައްޔިތުންނަށް ފެނުނީ މީހުން ހިފައި ހައްޔަރުކުރި މަންޒަރެވެ. އެމްޑީޕީ މީގެ ކުރިން ކޮށްފައިވާ ދެ ވެރިކަމުގައާއި އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް ފެނުނީ ހަމަ މި މަންޒަރެވެ. ފެންނަންހުރި ހިސާބުތަކަށް ބަލާއިރުގައި ސަރުކަރާއި ދެކޮޅަށް އަޑު އުފުލައިގެން އެއް ވެރިކަމެއްގައި އިދިކޮޅު 139 މީހުން ފުލުހުން ހައްޔަރުކޮށްފައި ވެއެވެ. މިއީ އެންމެންވެސް ދަންނަ ޙަޤީޤަތެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރާއި ދެކޮޅު މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހާއި މުގުރުބުރި ބޭނުންކޮށްފައި ވެއެވެ. އެއްބަޔަކު ޒަޚަމްވެ ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނުނެވެ. އެތައް ބަޔަކު ހިފައި ހައްޔަރުކުރިއެވެ. ރައީސް ޔާމީން ވެރިކަމުގައި އަދި ނިމިދިޔަ އަބްރާހީމް ސޯލިހު ވެރިކަމުގައި ވެސް ފެނިގެންދިޔައީ ހަމަ މި މަންޒަރެވެ. އެއީ މާޒީއެއް ނޫނެވެ.

ނަމަވެސް މިސަރުކާރުން ރޭގައި ދެއްކީ ނަމޫނާއެކެވެ. ހަމަ އެންމެ މީހަކު ވެސް ހައްޔަރެއް ނުކުރެއެވެ. ޞުލްޙަވެރިކަމާއެކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލަދީފައިވާ މި ސަރުކާރުން ރޭގައި ހަމަ އެންމެ މީހެއްވެސް ހިފައި ހައްޔަރުކޮށް އަދި ކިއެއްތަ، ތި ކިޔަނީ ކީކޭ ހެއްޔޭ ވެސް އަހައެއް ނުލައެވެ. 

އެމްޑީޕީއިން ހުކުރު ދުވަހުގެ ރޭގައި ބޭއްވި އެއްވުމަށް ހުރަސް ނާޅުއްވާ ފުރިހަމަ ގޮތުގައި އެ ފުރުސަތު ދެއްވީތީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ ތައުރީފު ރައީސަށް.

ފާއިތުވީ 15 އަހަރާއި ޚިލާފަށް، ރޭ އެމްޑީޕީގެ މުޒާހަރާ ބޭއްވީ ފުލުހުންގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދީގެންނެވެ. ސަރުކާރުން ބޭނުންވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ދުސްތޫރީ ހައްގު ދަމަހައްޓައިދިނުމުގެ އިތުރުން ތަފާތު އަޑުތައް އިވޭ ސިޔާސީ މާހައުލެއް ފޯރުކޮށްދީ އެކަމަށް ޖާގަ ދިނުމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވެރިކަމުގައި މި ދައްކުވައިދިނީ ފާއިތުވި 15 އަހަރު ވެސް ރާއްޖެއިން ފެނުނު ޑިމޮކްރަސީގެ އެންމެ ރީތި ނަމޫނާ އެވެ. މިއީ އިދިކޮޅު ސިޔާސީ މީހުންނަށް މީގެ ކުރިން ނުލިބުނު ހިތްހަމަޖެހުމެކެވެ. ހުވަފެނުގައި ވެސް ނުފެނުނު މަންޒަރެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%