ކުންފުނިތަކުގެ ވެރިންނަށް 90،000 ރުފިޔާއަށް ވުރެ ގިނައިން ދެން ނުދޭނެ!

އުސްތާޛް މުޙައްމަދު ޢަލީ | 88 ދުވަސް ކުރިން - 30 ޖެނުއަރީ 2025 20:10
ޚުލާސާ

ކުންފުނިތަކުގައި ހިމެނޭ ބޭރުގެ ޑިރެކްޓަރުން މީގައި އިސްތިސްނާވާނެ، އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައްވެސް 90،000 ރުފިޔާއަށްވުރެ އިތުރުވާނަމަ، އިތުރުވާ ބައި އުނިކުރަން ޖެހޭކަމަށް އަންގަވާފައިވޭ.

މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހު ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000 ރުފިޔާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން މިއަދު ނެރުއްވި ސަރކިއުލަރއެއްގައި ވިދާޅުވެފައިވަނީ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާފައިވާ މި ފިޔަވަޅުތައް ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކަށް ހިނގާނެ ކަމަށެވެ. ނަމަވެސް ކުންފުނިތަކުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުން މީގެތެރޭގައި ނުހިމެނޭ ކަމަށް ސަރކިއުލަރގައި ބަޔާންކޮށްފައި ވެއެވެ.

ޕީސީބީން އިތުރަށް ބުނީ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނަށް އެންމެ ބޮޑުވެގެން ދެވޭނީ 90،000 ރުފިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރަށް އަމަލުކުރާނީ އެގޮތަށް ކަމަށް ވެސް ޕީސީބީން ބުންޏެވެ.

ކުންފުނިތަކުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން މި އުސޫލުން އިސްތިސްނާވާނެ ކަމަށާއި، އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައްވެސް 90،000 ރުފިޔާއަށްވުރެ އިތުރުވާނަމަ، އިތުރުވާ ބައި އުނިކުރަން ޖެހޭކަމަށް އަންގަވާފައިވެއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10% ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަވާފައެވެ. އަދި އެމަނިކުފާނުގެ މުސާރައިން 50% ނުނެންގެވުމަށް ވެސް ވަނީ ނިންމަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%