ސީސީއަށް ގުޅުއްވަން ޓްރަމްޕަށް ކެރިވަޑައިނުގަތް

ޖަވާދު | 89 ދުވަސް ކުރިން - 30 ޖެނުއަރީ 2025 08:39
މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ (ކ)
މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ (ކ)
ޚުލާސާ

އާރާސްތު ކުރުމުގެ ނަމުގައި ވަގުތީ ގޮތުން ޣައްޒާގެ ރައްޔިތުން އުރުދުން އަށާއި މިޞްރަށް ފޮނުވާލުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަކީ މަކަރުވެރި ހީތެއް. އެކަމާއި އުރުދުން ދެކޮޅުހެދިއިރު މިޞްރުން ވެސް ވަނީ ފާޅުގައި ދެކޮޅު ހަދާފަ.

މަކަރުވެރި ޕްލޭނެއްގެ ތެރެއިން ޣައްޒާ އަކީ އިސްރާއީލުގެ ތަނަކަށް ހަދަންވެގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރަމުންދާ ކަމަށާއި، ޣައްޒާގެ ރައްޔިތުން އުރުދުން އާއި މިސްރަށް ފޮނުވާލުމަށް ޓްރަމްޕު ގޮވައިލެއްވުމުން އެކަމާއި ދެކޮޅަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ބަސް ވިދާޅުވުމުން، އެމަނިކުފާނަށް ގުޅުއްވައި އެ ނިންމުން ބަދަލުކުރެއްވުމަށް ވިދާޅުވުމަށް ޓްރަމްޕަށް ކެރިވަޑައި ނުގަތް ކަމަށް ޢަރަބި ޚަބަރުތައް ބުނެފިއެވެ.

ޣައްޒާ އޮތީ އިންސާނުން ދިރިއުޅޭ ވަރަށް ވުރެ މާ ބޮޑަށް ވީރާނާ ވެފައި ކަމަށާއި، ޣައްޒާ އާރާސްތުކޮށް ނިމެންދެން އެތަނުގެ ރައްޔިތުން ވަގުތީ ގޮތުން މިޞްރަށާއި އުރުދުން އަށް ބަދަލުކުރުމަށް ޓްރަމްޕް ގޮވައިލެއްވިއެވެ.

މިކަމާއި ގުޅިގެން އުރުދުންގެ ރަސްގެފާނު ޢަބްދުﷲ އަށް ފޯނުން ގުޅުއްވައި މިކަމަށް އެދިވަޑައިގެންފައިވާއިރު، މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ އަށްވެސް ފޯނުން ގުޅުއްވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިސްރުގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މިކަމަށް އެ ޤައުމުގެ ރައީސް އެއްބާރުލުން ނުދެއްވާނެއެވެ. އަދި އެފަދަ ކަމަކަށް މިޞްރުން އިޖާބަ ނުދޭނެކަން އެއީ މިހާރު މުޅި ދުނިޔެއަށް ވެސް އެނގޭނެ ކަމެެއް ކަމަށް މިޞްރުގެ ޚާރިޖިއްޔާއިން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%