ރިޒޯޓެއްގައި މީހަކު ސްނޯކްލިންގ ކުރަނިކޮށް ގެއްލިގެން ހޯދާތާ ދެވަނަ ދުވަސް

ހުސައިން އިސްމާއިލް | 45 ދުވަސް ކުރިން - 19:41
ޚުލާސާ

ގެއްލިގެން އިއްޔެއިން ފެށިގެން ހޯދަމުން ދަނީ 25 އަހަރުގެ އާފްތާބު ހާން. އޭނާ ގެއްލުނީ އިއްޔެ މެންދުރުފަހު 3:35 ހާއިރު. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 4:09 ހާއިރު.

ރ. އަތޮޅުގައި ހުރި ރިޒޯޓެއްގެ އިންޑިއާ މުވައްޒަފެއް ސްނޯކްލިންގ ކުރަނިކޮށް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ގެއްލިފައިވާ މުވައްޒަފަކީ 25 އަހަރުގެ އާފްތާބު ހާން އެވެ. އޭނާ ގެއްލުނީ އިއްޔެ މެންދުރުފަހު 3:35 ހާއިރު ކަމަށް ބެލެވެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 4:09 ހާއިރުއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިހާރު ދަނީ އާފްތާބު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ދަނީ މި ހާދިސާ ތަޙްޤީޤު ކުރަމުންނެވެ.

           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%