އަވަސް ނަޒަރަކުން ފަލަސްޠީނު އޮތޯރިޓީއާއި ޙަމާސް

ހުސައިން އިސްމާއިލް | 45 ދުވަސް ކުރިން - 09:33
ފަތަޙުގެ މަރުކަޒީ ކޮމިޓީގެ ނައިބު ރައީސް މަހްމޫދު އަލް އަލޫލް (ވ) އާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އާއި ހަމާސްގެ އިސް މެމްބަރެއް ކަމަށްވާ މޫސާ އަބޫ މަރްޒުކް (ކ) ބެއިޖިންގައި ޖުލައި 23، 2024 ގައި.
ފަތަޙުގެ މަރުކަޒީ ކޮމިޓީގެ ނައިބު ރައީސް މަހްމޫދު އަލް އަލޫލް (ވ) އާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އާއި ހަމާސްގެ އިސް މެމްބަރެއް ކަމަށްވާ މޫސާ އަބޫ މަރްޒުކް (ކ) ބެއިޖިންގައި ޖުލައި 23، 2024 ގައި.
ޚުލާސާ

ޙަމާސް ޖަމާޢަތުން ދެކެނީ، ފަލަސްޠީނު މިނިވަން ކުރެވެން އޮތީ ޖިހާދު ކޮށްގެން. އެހެންކަމުން ފަލަސްޠީނު މިނިވަންވުމަށް ހުރަސް އަޅާފާނެ އެއްވެސް ޝަރުޠެއް އެމީހުން ޤަބޫލެއް ނުކުރޭ.

ފަލަސްޠީނު ގެ ވެސްޓް ބޭންކް (ރާމަﷲގައި) އިޒްރޭލާއި އެމެރިކާއިން ފައިސާގެ އެހީތެރިކަން ދީގެން ޢައްބާސްގެ PLO ޖަމާޢަތުން ހިންގާ ފަލަސްޠީނު އޮތޯރިޓީ އާއި ސައޫދީ އާއި މިޞްރުން އެމެރިކާ އާއި އިޒްރޭލުގެ ނުފޫޛަށް ހެއްލި  ޙަމާސް ޖަމާޢަތާއި މެދު ދެކެނީ އެއީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައެވެ. 

އެހެން ނަމަވެސް ޙަމާސް އަކީ ފަލަސްޠީނުގެ އެންމެ ގިނަ ރައްޔިތުން ގެ ލޯބި ލިބިފައިވާ ޖަމާޢަތެވެ. އެއާއި ޚިލާފަށް ޢައްބާސް ގެ ފަލަސްޠީނު އޮތޯރިޓީ އާއި މެދު ފަލަސްޠީނުގެ ރައްޔިތުން ދެކެނީ، އެއީ ކޮރަޕްޝަން ބޮޑު ދީނާއި ދުރު ފަލަސްޠީނު ރައްޔިތުންގެ ކަންކަން ބަލަހައްޓާ ސެކިއުލަރ ސިޔާސަތެއް ގެންގުޅޭ އިޒްރޭލުގެ މުނިސިޕަލް ކައުންސިލް ގޮތުގައެވެ. އިޒްރޭލުން ވެސް ޢައްބާސްގެ ފަލަސްޠީނު އޮތޯރިޓީ އާއި މެދު ޤަބޫލު ކުރަނީ ފަލަސްޠީނު އޮތޯރިޓީ އަކީ ސަރުކާރެއް ނޫން ކަމަށެވެ. އެއީ އިޒްރޭލު ބޭނުންވާ ގޮތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ކަންކަން ހަމަޖެއްސުމަށް އޮންނަ މުނިސިޕަލް ކައުންސިލް ކަމަށެވެ. 

އިސްރާއީލްގެ ރުހުން އޮންނަ ޕީއެލްއޯ ޖަމާޢަތުގެ ކޮންޓްރޯލް އޮންނަ ފަލަސްޠީނުގެ ހުޅަނގު އައްސޭރީ ނުވަތަ ރާމަﷲ ސިޓީ.

ޙަމާސް ޤަބޫލު ކުރާ ސިޔާސަތަކީ، ޖިހާދު ކޮށްގެން ނޫނީ، مسجد ألأقصى އާއި ފަލަސްޠީނު މިނިވަން ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ޢައްބާސްގެ PLO ޖަމާޢަތާއި މިޞްރާއި ސަޢޫދީ އަދި އުރުދުން އާއި UAE ގެ ސިޔާސަތަކީ އިޒްރޭލާއި އެމެރިކާ ވެސް ބޭނުންވާ ގޮތެވެ. އެއީ ވާހަކަ ދައްކައިގެން ފަލަސްޠީނު މިނިވަން ކުރުމެވެ. އެހެން ނަމަވެސް ވާހަކަ ދައްކާތާ ޤަރުނާކާއި ކައިރި ވީއިރު ފަލަސްޠީނުގެ ދައުލަތް ވުޖޫދުވިޔަ ދީފައެއް ނުވެއެވެ. 

އެހެންކަމުން ޙަމާސް ޖަމާޢަތުން ދެކެނީ، ފަލަސްޠީނު މިނިވަން ކުރެވެން އޮތީ ޖިހާދު ކޮށްގެން ކަމެވެ. ޙަމާސް ޖަމާޢަތުން ފަލަސްޠީނު މިނިވަންވުމަށް ހުރަސް އަޅާފާނެ އެއްވެސް ޝަރުޠެއް ޤަބޫލެއް ނުކުރެއެވެ. އިޒްރޭލާއި އެމެރިކާގެ ބޭނުމަކީ ފަލަސްޠީނު މިނިވަން ވިޔަނުދިނުމަށް ފަލަސްޠީނު ސެކިއުލަރ ވިސްނުމުގެ ފަރާތްތައް މެދުވެރިކޮށް ޙަމާސްގެ ބާރު ކަނޑުވާލުމެވެ. އަދި ޞުލްޙައިގެ ނަމުގައި ވާހަކަތައް ބާއްވައިގެން ފަލަސްޠީނު މިނިވަން ކުރުމަށް ކުރާ މަސައްކަތް އޮބިއަޅުވާފައި ބޭއްވުނެވެ.

މިޞްރާއި ސައޫދީ އަދި ޖޯޑަންނުން ދެކެނީ ޙަމާސްގެ ވެރިކަމެއް އަތުވެއްޖެ އެޤައުމުތަކުގެ ވެރިކަމަށް ލޮޅުން އަރާނެ ކަމަށެވެ. ބޭރުފުށުން ސައޫދީ އާއި މިޞްރުން ޙަމާސް އާއި މުޢާމަލާތް ކުރި ނަމަވެސް ޢައްބާސް ގެ ފަލަސްޠީނު އޮތޯރިޓީ އެކޭ އެއްފަދައިން ޙަމާސް ޖަމާޢަތާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއަށް އެ ޤައުމުތަކުން ޖާސޫސް ކޮށްދޭ ކަމަށް ފަލަސްޠީނުގެ ރައްޔިތުން ކުރެ ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި ބައިނަލް އަޤުވާމީ ބައެއް ފަރާތްތަކުން ވެސް އެގޮތަށް ޤަބޫލު ކުރެއެވެ.

(ޢއ)

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%