ފުލުހުން އަމާޒު ހިފަންވީ 4 ކަމަކަށް: ދާޚިލީ ވަޒީރު

ހުސައިން އިސްމާއިލް | 48 ދުވަސް ކުރިން - 07:19
ފޮޓޯ: ޕޮލިސް
ފޮޓޯ: ޕޮލިސް
ޚުލާސާ

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމާއި، ގޭންގުތައް ނައްތާލުމާއި، ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އަދި ހުށަހެޅެމުންދާ ކުޑަކުދިން ސަލާމަތް ކުރުމަށް ފުލުހުންގެ ކިބައިން ވަޒީރު އެވަޑައިގެންނެވި.

ފުލުހުންގެ ޚިދުމަތަށް ނުކުންނަ ކޮންމެ ފުލުހަކުވެސް 4 ކަމެއްގައި ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ފާހަގަކުރެއްވި 4 ކަމަކީ:

1. ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުން

2. ގޭންގުތައް ނައްތާލުން

3. ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުން

4. ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އަދި ހުށަހެޅެމުންދާ ކުޑަކުދިން ސަލާމަތްކުރުން


ވަޒީރު ވިދާޅުވީ މި 4 ކަމަކީ ކޮންމެ ފުލުހަކު ވެސް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަންޖެހޭ ކަންކަން ކަމަށެވެ.

މީގެ އިތުރުން، މިއަހަރަކީ އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، އެތަންތަނަށް ފުލުހުން ދާންޖެހޭ އަހަރެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ. އަދި ކޮންމެ ތަނެއްގައި ޚިދުމަތްކުރަން ޖެހުނު ނަމަވެސް، ޚިދުމަތްކުރަނީ ދިވެހި ރައްޔިތުންނަށްކަން ޤަބޫލުކޮށް، އެންމެ ފުރިހަމައަށް ޚިދުމަތްކުރުމުގެ ޢަޒުމުގައި މަސައްކަތްކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަތެވެ.

ވަޒީރު ވިދާޅުވީ ނިމިގެންދިޔަ އަހަރަކީ ފުލުހުންގެ ފަރާތުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވުނު އަހަރެއްކަމަށާއި، މިއަހަރަކީ ވެސް އެއަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތްކުރެވޭ އަހަރަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%