ހުޅުމާލޭ އެފްއެންޑްބީ ޝޯ ފަށައިފި

ހުސައިން އިސްމާއިލް | 49 ދުވަސް ކުރިން - 10:12
ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ އިއްޔެ ފެށުން -- ފޮޓޯ/ ހައިރައިޒް
ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ އިއްޔެ ފެށުން -- ފޮޓޯ/ ހައިރައިޒް
ޚުލާސާ

އާދީއްތަ ދުވަހުގެ ނިޔަލަށް. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ޝޯ އޮންނަނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11

ކޮންމެ އަހަރަކު ރަމަޟާން މަހާއި ދިމާކޮށް ބާއްވާ ފުޑް އެންޑް ބެވްރޭޖް ޝޯ (އެފްއެންޑްބީ ޝޯ)ގެ އަށްވަނަ ބުރު ހުޅުމާލޭގައި އިއްޔެ ފަށައިފިއެވެ. މި ޝޯ އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިފްތިތާހީ ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ ޝޯގައި ބައިވެރިވާ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ޝޯ އޮންނަނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ. މި ޝޯ ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ހައިރައިޒްއިން މަޢުލޫމާތު ދެއްވިގޮތުގައި މި ޝޯގެ މަޤްޞަދަކީ ރޯދަމަހަށް ޚާއްޞަކޮށް ތައްޔާރުކުރާ ކާބޯތަކެއްޗާއި ބެހޭ މަޢުލޫމާތު އެއްތަނަކުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޕްރޮޑަކްޓްތައް ގަތުމުގެ ކުރިން އެ ޕްރޮޑަކްޓްތަކާ ގުޅޭ އަގުހުރި މަޢުލޫމާތު މި ޝޯ މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ހައިރައިޒްއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ޝޯގައި އެކި ކުންފުނިތަކުންނާއި ކުދި ވިޔަފާރިތަކުން އަދި ރެސްޓޯރަންޓުތަކުން ވިއްކާ ބްރޭންޑުތަކާއި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%