މާކުރަތު އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާއާއި އައު ޕޮލިސް ޕޯސްޓު ބިންގާ އަޅައިފި

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 16:49
މާކުރަތު އައު ޕޮލިސް ޕޯސްޓު ބިންގާ އެޅުން/ ފޮޓޯ: ރައިސް އޮފީސް
މާކުރަތު އައު ޕޮލިސް ޕޯސްޓު ބިންގާ އެޅުން/ ފޮޓޯ: ރައިސް އޮފީސް
ޚުލާސާ

މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއި ހަވާލުކޮށްގެން އެންމެ ދަށްކޮށްހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން މާކުރަތު ހިމެނޭހެން މިހާތަނަށް 5 ރަށެއްގައި ވަނީ ބިންގާ އަޅާފައި.

ރ. މާކުރަތުގައި އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާއާއި އައު ޕޮލިސް ޕޯސްޓުގެ ބިންގާ އަޅައިފިއެވެ. މި ދެ އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ބިންގާ އަޅާފައިވަނީ މާކުރަތު ޕޮލިސް ޕޯސްޓުގެ އައު އިމާރާތެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫޢުއެކެވެ.

މާކުރަތު އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާއެޅުން/ ފޮޓޯ: ރައީސް އޮފީސް

ދެވަނައަށް ބިންގާ އަޅާފައިވަނީ ރ. މާކުރަތު ކައުންސިލު އިދާރާގެ އައު އިމާރާތެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފްއެވެ. މާކުރަތު ކައުންސިލްގެ އައު އިމާރާތަކީ މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތެކެވެ.

މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްގެން އެންމެ ދަށްކޮށްހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން މާކުރަތު ހިމެނޭހެން މިހާތަނަށް 5 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%