މާކުރަތުން ރައީސް އަށް ރަތްދޫލައިގެ މަރުޙަބާއެއް

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 16:28
ރައީސް މާކުރަތަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް މާކުރަތަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ދަތުރުފުޅުގެ ތެރެއިން، މާކުރަތުގައި ކައުންސިލްގެ އައު އިމާރާތުގެ ބިންގަލާއި، ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމުގައިވާ ރ. މާކުރަތަށް މިއަދު ވަޑައިގެންފިއެވެ. ވިއްސާރަ ވަގުތެއްގައި އެމަނިކުފާނު މާކުރަތަށް ވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރަށުގެ ބަނދަރު ސަރަޙައްދަށް ނިކުމެފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލަތު ބައްލަވައިލެއްވުމާއި އަދި ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލު ހޯއްދެވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން، މާކުރަތުގައި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމާއި، ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތުގެ ބިންގާ އެޅުން ހިމެނެއެވެ.

އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުވައްސަސާތަކުގެ އިސްވެރިންނާއި އަދި ރަށުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައި، އެ ރަށްތަކުގައި ކުރިއަށް ގެންދަވަން ރާވާފައިވާ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދަނީ ޙިއްސާކުރައްވަމުންނެވެ. މި ދަތުރުފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުންމީދުތައް ސީދާ އަޑު އެއްސެވުމަށާއި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.        

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%