ރައީސް މުޢިއްޒު މާކުރަތުގައި: ކުޑަކުދިންގެ އެދުމަށް ފުޓްސަލް ދަނޑެއް އަޅައިދޭން ނިންމަވައިފި

ހުސައިން އިސްމާއިލް | 50 ދުވަސް ކުރިން - 16:11
މާކުރަތު މަގުމަތިން ރައީސަށް ގޮވައި ފުޓްސަލް ދަނޑު އަޅައިދިނުމަށް އެދުނު ކުދިންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓިލައިގެން. މި އަހަރު ފުޓްސަލް ދަނޑު އަޅައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައި. / ފޮޓޯ: ޚުލާޞާ
މާކުރަތު މަގުމަތިން ރައީސަށް ގޮވައި ފުޓްސަލް ދަނޑު އަޅައިދިނުމަށް އެދުނު ކުދިންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓިލައިގެން. މި އަހަރު ފުޓްސަލް ދަނޑު އަޅައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައި. / ފޮޓޯ: ޚުލާޞާ
ޚުލާސާ

މާކުރަތު މަގުމަތިން ރައީސް ވަޑައިގަންނަވަނިކޮށް ކުޑަކުދިންތަކެއް ރައީސަށް ގޮވާލުމުން، ރައީސް އެކުދިންނާއި ބައްދަލުކުރެއްވި. އޭގެ ތެރެއިން ކުއްޖަކު ރައީސްއަށް ސަލާމްކުރުމަށްފަހު ބުނީ "ރައީސްއޭ ތިމަންނަމެންނަށް ފުޓްސަލް ދަނޑެއް އަޅައިދެއްވާށޭ" ރައީސް، އެކުދީންނަށް ދެއްވީ ޔަޤީންކަން.

މާކުރަތު ކުޑަކުދިންގެ އެދުމުގެމަތީން އެރަށުގައި އެކުދިންނަށްޓަކައި ފުޓްސަލް ދަނޑެއް އަޅައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާކުރަތަށް ޒިޔާރަތްކުރެއްވި އިރު، އެ ރަށުގެ މަގުމަތިން ވަޑައިގަންނަވަނިކޮށް ކުޑަކުދިންތަކެއް ރައީސަށް ގޮވާލުމުން، ރައީސް އެކުދިންނާއި ބައްދަލުކުރެއްވިއެވެ. އޭގެ ތެރެއިން ކުއްޖަކު ރައީސްއަށް ސަލާމްކުރުމަށްފަހު ބުނީ "ރައީސްއޭ ތިމަންނަމެންނަށް ފުޓްސަލް ދަނޑެއް އަޅައިދެއްވާށޭ" އެވެ.

މިކަމާއި ގުޅިގެން ރައީސް ވަގުތުން ސްޕޯޓްސް މިނިސްޓަރު ގެންނަވައި، އެކުދިންނަށް ފުޓްސަލް ކުޅޭނެ ދަނޑެއް މާކުރަތުގައި އަޅައިދިނުމަށް އެންގެވިއެވެ. މިނިސްޓަރު އެކަމަށް އެއްބަސްވުމާއެކު، ރައީސް ކުޑަކުދިންނަށް އެކަން ޔަގީންކޮށްދެއްވިއެވެ.

ރައީސް މުޢިއްޒު ގެންދަވަނީ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއައްސަވައި ހައްލު ހޯއްދަވައިދެއްވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%