ރައީސުލްޖުމްހޫރިއްޔާ ރ. ފައިނަށް ވަޑައިގެންފި

އާނާ ފަހީމް | 50 ދުވަސް ކުރިން - 13:46
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. ފައިނަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. ފައިނަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައްޔިތުންގެ ހާލު ބައްލަވާލެއްވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލު ހޯއްދެވުމަށް ރައީސް ފައިނަށް ވަޑައިގެންފި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. ފައިނަށް ވަޑައިގެންފިއެވެ. ރައީސް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމަށް ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ނިކުމެފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލު ބައްލަވާލެއްވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ 11 ރަށުގެ ތެރެއިން ފައިނަކީ 10 ވަނަ ރަށެވެ.

ފައިނަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި، އެ ރަށުގެ އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުން ކުރިއަށްދާނެކަމަށް ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ރަށުގެ ރައްޔިތުންނާއި ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%