ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ އަދި އެހާމެ މުހިއްމު ރައްޔިތެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 14:30
ޚުލާސާ

ކޮންމެ ރައްޔިތަކީވެސް ހަމަހަމަ އަދި އެހާމެ މުހިއްމު ފަރާތެއް ކަމަށްވާތީ، ސިއްޙީ ޚިދުމަތްތައް ވެސް އެއް ފެންވަރެއްގައި ލިއްބައިދޭން ޖެހޭކަން ފާހަގަ ކުރެއްވި

ކޮންމެ ރައްޔިތަކީވެސް ހަމަހަމަ އަދި އެހާމެ މުހިއްމު ރައްޔިތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައިސް މިފަދައިން ވިދާޅުވީ މިއަދު ރ. ކިނޮޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުގުގައި ސިއްޙީ ދާއިރާއާއި ތައުލީމީ ދާއިރާއަށް އިސްކަން ދީފައިވާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ އަދި އެހާމެ މުހިއްމު ފަރާތެއް ކަމަށްވާތީ، ސިއްޙީ ޚިދުމަތްތައް ވެސް އެއް ފެންވަރެއްގައި ލިއްބައިދޭން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

"ކިނޮޅަހު ސިއްޙީމަރުކަޒުގައިވެސް ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި. އަލަށް ހިނގާ މަޝްރޫއެއްގެ ގޮތުގައި ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހިމެނޭ," ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްބިއުލާންސްގެ ފެންވަރުވެސް ދަށްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާއަށް އެ ރަށުގައި ތަރައްޤީ ގެނެސްދެއްވާނެ ކަމަށެވެ. އަދި ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންނާއި ކައުންސިލުގެ މަޝްވަރާ ވެސް ހޯދުމަށްފަހު ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަށްރަށަށް ދަތުރު ކުރެއްވުމުގެ ބޭނުމަކީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ކިނޮޅަހުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%