މަޑުއްވަރީން ރައީސަށް ރަތްދޫލައިގެ މަރުޙަބާއެއް

ހުސައިން އިސްމާއިލް | 51 ދުވަސް ކުރިން - 12:57
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. މަޑުއްވަރީއަށް ވަޑައިގެންނެވުން. ފޮޓޯ: ޚުލާޞާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. މަޑުއްވަރީއަށް ވަޑައިގެންނެވުން. ފޮޓޯ: ޚުލާޞާ
ޚުލާސާ

މަޑުއްވަރީގައި މިއަދު އޮތް އެންމެ ޚާއްޞަ ކަމަކީ އެރަށަށް އެންމެ ބޮޑަށް މިވަގުތު ބޭނުންވެފައިވާ ކައުންސިލް އިދާރާގެ ބިންގާ އެޅުން. ރައީސްގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލްގެ އިތުރުން ޑަބްލިޔުޑީސީ އާއި ވެސް ބައްދަލުކުރައްވާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެންނެވުމާއެކު އެރަށު ކުދިބޮޑު ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ އެމަނިކުފާނަށް ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، މިހާތަނަށް ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށާއި އުނގޫފާރު އަދި ހުޅުދުއްފާރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރައްވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މިއަދުގެ މި ދަތުރުފުޅުގައި މަޑުއްވަރީގައި ކައުމްސިލް އާ ޢިމާރާތުގެ ބިންގާ އެޅުން އޮންނާނެ އެވެ.

މަޑުއްވަރީގެ އިތުރުން ރައީސް ދެން ވަޑައިގަންނަވާނީ އެއަތޮޅު ރަސްމާދޫ އާއި އިންނަމާދޫ އަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުން ކަމަށް ވަނީ ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%