ރ. އަތޮޅުގެ ދަތުރުފަޅު: މިއަދުގެ ދެވަނަ މަންޒިލަކީ މަޑުއްވަރީ

އައިޝަތު ރުވާ ރިފްޢަތު | 51 ދުވަސް ކުރިން - 11:56
ޚުލާސާ

ރައިސް މިއަދު 4 ރަށަކަށް ވަޑައިގަންނަވާ އިރު، މިއަދު ހުޅުދުއްފާރުގައި ވަނީ އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދިނުމަށްޓަކައި އެއްބަސްވުންތަކުގައި ސޮއިކޮށްފައި. ދެން ވަޑައިގަންނަވާނީ މަޑުއްވަރީއަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ އެއަތޮޅު މަޑުއްވަރިއަށެވެ.

މިއަދު ފުރަތަމަ ރައީސް ވަޑައިގަތީ ހުޅުދުއްފާރަށެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ރައިސް މިއަދު 4 ރަށަކަށް ވަޑައިގަންނަވާ އިރު، މިއަދު ހުޅުދުއްފާރުގައި ވަނީ އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދިނުމަށްޓަކައި އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ޚާއްޞަ ގޮތެއްގައި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައި އޮތް މަޝްރޫޢަކީ މުޅި ރާއްޖޭގައިވެސް އެ ކުންފުނީގެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ދިމާވެފައިވާ ބޮޑުހިލަ ނުލިބުމުގެ މައްސަލައިގެ ސަބަބުން ނުހިނގާ އޮތް މަޝްރޫޢެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އެކަމަށް ހައްލެއް ހޯއްދަވައިދެއްވާފައިވާ ކަމުގައި ވެސް ހުޅުދުއްފާރުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%