އުނގޫފާރުން ރަތް ދޫލައިގެ މަރުޙަބާއެއް

ހުސައިން އިސްމާއިލް | 52 ދުވަސް ކުރިން - 18:00
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އުނގޫފާރަށް ވަޑައިގަތުން / ފޮޓޯ: ޚުލާޞާ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އުނގޫފާރަށް ވަޑައިގަތުން / ފޮޓޯ: ޚުލާޞާ
ޚުލާސާ

އުނގޫފާރުގައި ރައީސްގެ ޝަރަފުގައި މިރޭ 8:45 ގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. ރައީސަށް މަރުޙަބާ ދެންނެވުމަށް އެރަށު ކުދިބޮޑު ގިނަބަޔަކު ވަނީ މަގުތަކަށް ނުކުމެފަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެންނެވުމާއެކު އެރަށު ކުދިބޮޑު ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ އެމަނިކުފާނަށް ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، މިހާތަނަށް ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރައްވާފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރުގައި ރައީސްގެ ޝަރަފުގައި މިރޭ 8:45 ގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރ. އަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%