ރައީސުލްޖުމްހޫރިއްޔާއަށް ރަސްގަތީމުން ހޫނު މަރުޙަބާއެއް

އައިޝަތު ރުވާ ރިފްޢަތު | 52 ދުވަސް ކުރިން - 12:21
ރައީސް ރަސްގަތީމަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ރަސްގަތީމަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަސްގަތީމަށް ވަޑައިގަތުމަށްފަހު ރައީސް އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރަށުގެ ޙާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދުގެ ދެވަނަ މަންޒިލް ކަމަށްވާ ރަސްގަތީމަށް ވަޑައިގެންފިއެވެ. ރައީސް ރަސްގަތީމަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ވާދޫއަށެވެ. މިއަދު ދެން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިރަށުގެ އިތުރުން އަނގޮޅިތީމު އަދި އުނގޫފާރަށެވެ.

ރަސްގަތީމަށް ވަޑައިގަތުމަށްފަހު ރައީސް އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށުގެ ޙާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ރައީސް އެންމެ ފަހުން ވަޑައިގެންފައިވަނީ ހުވަދު އަތޮޅުގެ 9 ރަށަކަށެވެ. އެ ދަތުރުފުޅުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ޙައްލު ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ރައީސް ރ. އަތޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.         

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%