ހަމާސްއަށް ދެން ދުވަހަކުވެސް ޣައްޒާގެ ވެރިކަމެއް ނުކުރެވޭނެ: ޓްރަމްޕްގެ އެޑްވައިޒަރު

އުސްތާޛް މުޙައްމަދު ޢަލީ | 52 ދުވަސް ކުރިން - 08:49
ޓްރަމްޕްގެ ޤައުމީ ސަލާމަތާބެހޭ އެންމެ އިސް މުޝީރު މައިކް ވޯލްޓްޒް
ޓްރަމްޕްގެ ޤައުމީ ސަލާމަތާބެހޭ އެންމެ އިސް މުޝީރު މައިކް ވޯލްޓްޒް
ޚުލާސާ

ޓުރަމްޕުގެ ސަރުކާރުން އިސްރާއީލަށް ފުރިހަމަ އެހީތެރިކަން ދޭނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޓްރަމްޕުގެ ޤައުމީ ސަލާމަތާބެހޭ އެންމެ އިސް މުޝީރު ވިދާޅުވީ ހަމާސްއަށް ޣައްޒާގެ ވެރިކަން ކުރަން ދެން ދުވަހަކު ވެސް ނުލިބޭނެ ކަމަށް.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ދެން ދުވަހަކު ވެސް ޣައްޒާގެ ވެރިކަން ނުކުރެވޭނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާބެހޭ އެންމެ އިސް މުޝީރު މައިކް ވޯލްޓްޒް ވިދާޅުވެއްޖެއެވެ.

ސީއެންއެންގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" އިންޓަވިއުގައި ވޯލްޓްޒް ވިދާޅުވީ، ހަމާސްއަށް ދެން ޓެރަރިސްޓު ޖަމިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށާއި ޣައްޒާގެ ވެރިކަން ކުރަން ވެސް ދެން ނުލިބޭނެ ކަމަށެވެ.

އިސްރާއީލުން 15 މަސް ވަންދެން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، އެ އެއްބަސްވުމަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން ވޯލްޓްޒް ވިދާޅުވީ، އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ދާނެކަން ކަށަވަރު ކުރުމުގެ ގޮތުން އިސްރާއީލުން ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އަދި އެމެރިކާއިން، ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އިސްރާއީލަށް ތާއީދުކުރާނެ ކަމަށާއި ހަމާސްއިން ދެން ދުވަހަކު ވެސް ޣައްޒާގެ ވެރިކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓާލިއިރު ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންނާއި ދެން އަންނަން އޮތް ޓްރަމްޕްގެ ސަރުކާރުން ވެސް ވަނީ އިސްރާއީލު ދިފާޢުކޮށް، ހަމަލާތަކަށް އަސްކަރީ އެހީ ދޭނެ ކަމަށް ބުނެފައެވެ. އިސްރާއީލު ސަރުކާރުން ވަނީ ހަމާސް އެއްކޮށް ނައްތާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%