ސޯޝަލް މިނިސްޓްރީން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިންގި އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި

އަހްމަދު އީޒާން | 53 ދުވަސް ކުރިން - 17:31
އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަަވާލުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ޝޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ
އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަަވާލުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ޝޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ
ޚުލާސާ

ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަަވާލުކުރުމުގެ ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވައިފައި. ނުކުޅެދުންތެރިކަން ހުންނަ 4 މީހަކަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ހުންނަ އެމްއޭސީއެލްގެ އޮފީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވޭ.

ސޯޝަލް ޑިވެލޮޕްމެންޓް އެންޑް ފެމިލީ މިނިސްޓްރީ އާއި އެމްއޭސީއެލް ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ހިންގި އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި އެވެ.

އެ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަަވާލުކުރުމުގެ ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވައިފަ އެވެ.

މިނިސްޓްރީން ބުނީ އެ އިންޓާންޝިޕް ޕްރޮގްރާމަކީ މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު މިދިޔަ އަހަރު ޖޫން މަހުގެ 9 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 4 މީހަކަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ހުންނަ އެމްއޭސީއެލްގެ އޮފީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖުމްލަ 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ އިންޓާންޝިޕް ޕްރޮގްރާމް ނިމުނީ މިއަދެވެ.

އިންޓާންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އަހްމަދު އާތިފް އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީން ބުނީ އިންޓާންޝިޕް ފުރިހަމަކުރި ހަަތަރު ބައިވެރިންގެ ތެރެއިން އެކަކަށް ދާއިމީ ވަޒީފާ ހަމަޖެހިފައިވާ ކަމަށެވެ.

"މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީ އެކެވެ. އަދި މިފަދަ އެހެނިހެން ފުރުސަތުތައް ފަހި ކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ދަނީ މަސައްކަތް ކުރެވެމުންނެވެ،" މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%