ކާށިދޫގެ ކުރީގެ ހުކުރު މިސްކިތުން ފެނުނު އާޘާރުތައް ދިރާސާކުރަނީ

އަހްމަދު އީޒާން | 53 ދުވަސް ކުރިން - 12:49
ކާށިދޫ ބާ ހުކުރު މިސްކިތުގެ އާޘާރުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ކާށިދޫ ބާ ހުކުރު މިސްކިތުގެ އާޘާރުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ޚުލާސާ

އެ ދިރާސާގެ މަސައްކަތް ފެށީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނި.

މީގެ ފަސް އަހަރު ކުރިން ކ. ކާށިދޫގެ ބައުވެފައިވާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާޘާރުތަކާއި ގުޅޭ ދިރާސާއެއް ހެރިޓޭޖް މިނިސްޓްރީން ފަށައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކާށިދޫން 2020 ވަނަ އަހަރު ފެނުނު އާޘާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އެ ދިރާސާގެ މަސައްކަތް ފެށީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ދިރާސާގެ މަސައްކަތް ކުރަނީ ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސާވޭ ގުޅިގެންނެވެ.

މި ޕްރޮގްރާމުގައި ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާވޭގެ ޓީމާއި ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އާޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓްގައި ކިޔަވަމުން އަންނަ ދިވެހި ދެ ދަރިވަރަކު ވެސް ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދެ ހަފުތާގެ ދިރާސީ މި މަސައްކަތުގެ ތެރޭގައި ފަންނީ ގޮތުން ބިމުގެ އަޑީގައި ހުންނަ އާޘާރީ ތަކެއްޗާއި މެދު އަމަލުކުރަންވީ ގޮތާއި އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާއި ހިއްސާކުރެވޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%