ހުޅުމާލޭ އެޕާޓްމަންޓް ސްކޭމްތަކަށް މަގުފަހިވީ ސްޓްރާޓާ ސްކީމް ނުހިންގުމުން: ނާޒިމް

ހުސައިން އިސްމާއިލް | 52 ދުވަސް ކުރިން - 13:49
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް. ނާޒިމް ވިދާޅުވީ ހުޅުމާލޭ އެޕާޓްމަންޓުތައް ސްޓްރާޓާ ސްކީމުގައި ރަޖިސްޓަރީ ނުކުރުމަކީ ޤައުމީ ސަލަމަތަށް އޮތް ނުރައްކަލެއް ކަމަށް. / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް. ނާޒިމް ވިދާޅުވީ ހުޅުމާލޭ އެޕާޓްމަންޓުތައް ސްޓްރާޓާ ސްކީމުގައި ރަޖިސްޓަރީ ނުކުރުމަކީ ޤައުމީ ސަލަމަތަށް އޮތް ނުރައްކަލެއް ކަމަށް. / ފޮޓޯ: މަޖިލިސް
ޚުލާސާ

ނާޒިމް ވިދާޅުވީ, ހުޅުމާލޭގައި ހިންގާ އިމާރާތްތައް ސްޓްރާޓާ ސްކީމުގެ ދަށުން ރަޖިސްޓްރީކުރުމަށް އަންގާފައިވާ ކަމަށާއި، ރަޖިސްޓަރީ ނުކޮށް ހުރުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް.

ހުޅުމާލޭގައި އެޕާޓްމަންޓްތައް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތަކަށް މަގުފަހިވެފައިވަނީ އެއްމެދު އިމާރާތުގެ ޤާނޫނުގައި ހިމެނޭ ސްޓްރާޓާ ސްކީމުގެ ދަށުން އެ ތަންތަން ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ, ހުޅުމާލޭގައި ހިންގާ އިމާރާތްތައް ސްޓްރާޓާ ސްކީމުގެ ދަށުން ރަޖިސްޓްރީކުރުމަށް ހައުސިންގ މިނިސްޓްރީން އެޗްޑީސީއަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެޗްޑީސީން އެކަން ކޮށްފައި ނުވާ ކަމަށެވެ. އަދި މިކަމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް. ވާއިރު، މިހާރު ހުޅުމާލޭގައި ހުރި އެޕާޓްމަންޓްތަކުގެ ވެރިފަރާތްތަކާއި ދިރިއުޅޭ ފަރާތްތައް ދެނެގަތުމަށް ދަތިވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ ވެސް މެންބަރުކަން ކުރައްވާ މަޖިލީހުގެ ނައިބު ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް 241 ކޮމިޓީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސްޓްރާޓާ ސްކީމަކީ އިމާރާތެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި މީހުންނަށް މިލްކުކުރެވޭ ގޮތަށް ހަދައި، އާންމު ތަންތަން ހުރިހާ ޔުނިޓްތަކުގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ ބެލެހެއްޓޭ ނިޒާމެކެވެ. މި ސްކީމް ހިންގުމަށް ޚާއްޞަ "ސްޓްރާޓާ ޕޯޓަލް" އެއް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ވަނީ ތަޢާރަފުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%