މިއަދު 1455 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިއްޖެ: މިނިސްޓްރީ

އުސްތާޛް މުޙައްމަދު ޢަލީ | 55 ދުވަސް ކުރިން - 20:54
މާލޭގެ މަގެއްގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ. / ފޮޓޯ: ޚުލާޞާ
މާލޭގެ މަގެއްގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ. / ފޮޓޯ: ޚުލާޞާ
ޚުލާސާ

މިއަދު މަޢުލޫމާތު އެއްކުރެވުނު ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭކަމަށް ބެލެވޭ އެއްވެސް މީހަކު ދެނެގަނެވިފައެއް ނުވޭ.

މިއަދު ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކުރަނގި" ގައި 1455 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނެފިއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 8 އިން އިރުއޮއްސިން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. އޮޕަރޭޝަންގައި ދާޚިލީ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވިއެވެ.

މިއަދު އެއްކުރެވުނު މަޢުލޫމާތުގެ ތެރޭގައި މާލެ ސަރަޙައްދުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 697 ބިދޭސީންނާއި ގުޅިފަޅު ބްރިޖް ސައިޓުގައި މަސައްކަތްކުރާ އެފްކޮންސްގެ 758 ބިދޭސީން ހިމެނެއެވެ.

ދާޚިލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަންގައި މަޢުލޫމާތު އެއްކުރެވުނު ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭކަމަށް ބެލެވޭ އެއްވެސް މީހަކު ދެނެގަނެވިފައެއް ނުވެއެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ހިއުމަން ޓްރެފިކިންގ ސްކްރީނިންގވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރީލް މަހަށް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%