އެމެރިކާއަށް ދިމާވި މުސީބާތާއި ގުޅިގެން އޮސްކާ އިވެންޓު ލަސްކޮށްފި

އައިޝަތު އީމާން | 58 ދުވަސް ކުރިން - 06:45
ޚުލާސާ

މިފަހަރު ފަސްކުރީ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ހޮލީވުޑްގެ އެތައް ސެލެބްރިޓީންނެއްގެ ގޭގެ އަނދައިގެން ދިއުމާއި އެ ހާދިސާގައި ލިބެމުންދާ ގެއްލުންތައް ބޮޑުވުމުގެ ސަބަބުން. ދެން އިވެމްޓް ބާއްވާނީ މިމަހުގެ 23 ގައި.

އެމެރިކާގެ ލޮސް އެންޖެލިސްގައި މިހާރު ހިނގަމުންދާ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މި އަހަރުގެ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިޢުލާންކުރުން ފަސްކޮށްފިއެވެ.

އޮސްކާ އެވޯޑު ބާއްވާ އެކެޑަމީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއީ ނޮމިނޭޝަންތައް އިޢުލާންކުރުން ފަސްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ފަސްކުރީ އެވޯޑުގެ ޖޫރީއަށް ވޯޓުލުމަށް އިތުރު ދެ ދުވަސް ދިނުމުގެ ގޮތުންނެވެ.

އެކެޑަމީން ބުނެފައިވަނީ، ނޮމިނޭޝަންތައް އިޢުލާންކުރުން މިފަހަރު ފަސްކުރީ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ހޮލީވުޑްގެ އެތައް ސެލެބްރިޓީންނެއްގެ ގޭގެ އަނދައިގެން ދިއުމާއި އެ ހާދިސާގައި ލިބެމުންދާ ގެއްލުންތައް ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

އޮސްކާގެ ނޮމިނޭ ނޮމިނޭޝަންތައް އިޢުލާންކުރާ ތާރީޚެއް ކަމަށް މިހާރު ކަނޑައަޅާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހެވެ. މި އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ އަންނަ މާޗު މަހުގެ ތިންވަނަ ދުވަހު ނިއު ޔޯކުގައެވެ. މިއީ މި އެވޯޑު ބާއްވާ 97 ވަނަ އަހަރެވެ.

ލޮސް އެންޖެލިސްގެ އަލިފާނުގެ ހާދިސާގައި މިހާތަނަށް 25 މީހަކު މަރުވެފައިވާއިރު، 12،000 އަށް ވުރެ ގިނަ އިމާރާތް އަނދައި އަޅިއަށް ވެފައިވެއެވެ. އަދި 105،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. މި ހާދިސާގެ ސަބަބުން އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިޢުލާންކުރުން ފަސްކުރުމަށް ނިންމާފައިވަނީ މި ހާދިސާގެ ބޮޑުކަމާއި އޭގެ އަސަރުތަކަށް ރިޢާޔަތްކޮށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%