ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިޔަސް ސިއްރުން ކައި އުޅޭ - ކަރެކްޝަންސް

އައިޝަތު އީމާން | 5 ގަޑިއިރު ކުރިން - 16:17
ޚުލާސާ

ޔުނިޓް 2 ގަ އާއި ޔުނިޓް 4 ގައި އުޅޭ ގައިދީންތަކުގެ ތެރެއިން ބައެއް ގައިދީން ކެއުމަށް ދެކޮޅު ހެދީ ސެކިއުރިޓީއަށް ގެނައި ބަދަލަކުން.

މާފުށި ޖަލުގައި ނުކިޔަމަންތެރިކަން ދައްކަނީ ވަރަށް މަދު ގައިދީންތަކެއް ކަމަށާއި ޖަލުގެ ޙާލަތު ގޯސްވެ ސެކިއުރިޓީއަށް ބުރޫއަރާ އެއްވެސް ކަމެއް ނުހިނގާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އެ ސާވިސްއިން ބުނީ އެންމެ ގިނަ ގައިދީން ތިބެނީ ޔުނިިޓް 9 ގައެވެ. އެ ޔުނިޓުގައި އެއްވެސް މައްސަލައެއް ދިމާނުވެއެވެ. ނަމަވެސް ޔުނިޓް 2 ގަ އާއި ޔުނިޓް 4 ގައި އުޅޭ ގައިދީންތަކުގެ ތެރެއިން ބައެއް ގައިދީން ކެއުމަށް ދެކޮޅު ހެދީ ސެކިއުރިޓީއަށް ގެނައި ބަދަލަކުންނެވެ.

ކަރެކްޝަނުން ބުނީ މަދު ބަޔަކު ކެއުމަށް ދެކޮޅު ހަދައޭ ބުންޏަސް، އެމީހުން ތިބޭ ގޮޅިއަށް ކާތަކެތި ވައްދައެވެ.

މުޢުތަބައްރު ގޮތަކަށް މަޢުލޫމާތު ލިބޭ ގޮތުގައި ޖަލުގައި ހާލަތު ގޯސް ކުރުމަށް މަސައްކަތް ކުރަނީ އޮފިސަރުންނާއި ގުޅިގެން ޖަލަށް މިހާރު މަސްތުވާ ތަކެއްޗާއި ފޯނު ނުވެއްދޭތީވެ، ކުރިން އެ ވިޔަފާރީގައި ޖަލުގައި އުޅުނު ގައިދީންނެވެ.

ގައިދީން ފަށާފައިވާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޮނިޓަރ ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމްއިން ބުނި ގޮތުގައި މި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅައި މައުލޫމާތު ސާފުކޮށް، ގައިދީންނާ ވާހަކަދައްކައި ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބައެއް ގައިދީން ގަސްދުގައި ވެއްޓި ހޭނެތިގެން ކަމަށް ހެދިގެން މާލެ އައުމަށް މަސައްކަތް ކުރެއެވެ. މީގެ ކުރިން އެގޮތަށް މަކަރު ހަދައި މާލެ އައިސް މަސްތުވާ ތަކެތި ހިފައިގެން ޖަލަށް އެނބުރި ގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ކަރެކްޝަންސްގެ ރެކޯޑްތަކުން ދައްކައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%