ގްރޫމްކުރި ޓީޗަރު އަލުން ހައްޔަރުކުރަން އަމުރުކޮށްފި

އަހްމަދު އީޒާން | 110 ދުވަސް ކުރިން - 8 ޖެނުއަރީ 2025 12:35
ހައި ކޯޓު. / ފޮޓޯ: ޚުލާސާ
ހައި ކޯޓު. / ފޮޓޯ: ޚުލާސާ
ޚުލާސާ

އުމުރުން 29 އަހަރުގެ ޓީޗަރު އަލުން ހައްޔަރުކުރަން ހައި ކޯޓުން އަމުރުކޮށްފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުން.

ސްކޫލް ދަރިވަރުންތަކެއް ގްރޫމް ކުރި ޓީޗަރު ޝަރުތު ކުރުމަށް ފަހު ބަންދުން ދޫކޮށްލާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަލުން ހައްޔަރުކުރުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޓީޗަރު އަލުން ހައްޔަރުކުރަން ހައި ކޯޓުން އަމުރުކޮށްފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުން އަމުރު ކުރީ އެ ޓީޗަރު، ހަތް ދުވަހަށް ބަންދުކޮށް އެ މުއްދަތުގެ ތެރޭގައި ދަށު ކޯޓުން އަލުން އެ މައްސަލައާ މެދުގައި ގޮތެއް ނިންމުމަށެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި، އެ ޓީޗަރު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

މެދު ރާއްޖެ ތެރޭގެ ރަށެއްގެ ސްކޫލެއްގެ ދަރިވަރުންތަކެއް ގްރޫމް ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެ ޓީޗަރު ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ.

އެ މައްސަލަ ތަޙުޤީޤުކުރުމަށް ފަހު އެ ޓީޗަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު މަހު 25 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ގާސިމު

110 ދުވަސް ކުރިން - 12:45

ބަލަ ތި ޓީޗަރު ޑީޕޯޑް ކޮއްލަބަލަ. ނޫނީ ރާއްޖެ މީހެއް ވެއްޖެއްޔާ ވަޒީފާއިން ކަނޑާލާ!