ޑިސެމްބަރު މަހުގެ އުމްރާއަށް ދިޔަ މީހުން އެނބުރި ގައުމަށް އަންނަން ފެށުމުން، މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ދަތުރުވެރިން މަދުވެގެން ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން އައުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލް އިން ލަފާކުރާ ގޮތުގައި މައްކާއިން އެނބުރި އަންނަ ގިނަ އަދަދެއްގެ ޢުމްރާވެރިންގެ ސަބަބުން އެއާޕޯޓަށް ދާ މަގުތަކާއި ޓާމިނަލްގެ ތެރޭގައި ބޮޑު ތޮއްޖެހުމެއް އޮންނާނެ އެވެ.
ބާރު ބޮޑުވާނެ ފްލައިޓް އަންނަ ގަޑިތައް:
- ހެނދުނު 6:00 އިން ހެނދުނު 9:00 އަށް:
618 އުމްރާވެރިން ހިމެނޭ ގޮތަށް 2،678 ފަސިންޖަރުން ރާއްޖެ އަންނާނެ.
- 2:00 އިން ހަވީރު 4:00 އަށް:
452 އުމްރާވެރިން ހިމެނޭ ގޮތަށް 2،071 ފަސިންޖަރުން ރާއްޖެ އަންނާނެ.
އިސްލާމިކް މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރުތަކުގައި އެންމެ ގިނައިން ރާއްޖެއިން ޢުމްރާއަށް މީހުން ދިޔައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެކި ކުންފުނިތަކުގެ ފަރާތުން ސައުދީ އަރަބިއްޔާއަށް 6،300 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައި ވެއެވެ.
އެމްއޭސީއެލްގެ އިރުޝާދު
- ފުރާ މީހުން ޗެކިންގ ވުމަށްޓަކައި ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުން..
- އެއަރޕޯޓްގެ މުވައްޒަފުން ފޯރުކޮށްދޭ އިރުޝާދުތަކަށް ތަބާވުން.