ރާއްޖެއަށް އަންނަ ޖެޓްތަކުގެ ޢަދަދު އިތުރުވެ 2326 އަށް އަރައިފި

އާނާ ފަހީމް | 74 ދުވަސް ކުރިން - 14:50
އާ އަހަރާ ދިމާކޮށް ވެލާނާ އެއާޕޯޓަށް ޖައްސާފައިވާ ޖެޓެއް - ފޮޓޯ: ޚުލާސާ
އާ އަހަރާ ދިމާކޮށް ވެލާނާ އެއާޕޯޓަށް ޖައްސާފައިވާ ޖެޓެއް - ފޮޓޯ: ޚުލާސާ
ޚުލާސާ

މިހާރުވެސް 30 އަށްވުރެ ގިނަ ޖެޓު ވެލާނާ އެއަރޕޯޓުގައި ޕާކުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2،107 ޖެޓު މޫވްމަންޓްސް.

އާ އަހަރާއި ދިމާކޮށް މި މަހު ގިނަ އަދަދެއްގެ އަމިއްލަ ޖެޓުތައް ރާއްޖެއަށް އައިސްފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލްއިން ހާމަކުރިގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 137 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މި އަހަރުގެ ޑިސެމްބަރު މަހުގެ އިއްޔެގެ ނިޔަލަށް 148 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވެއެވެ. މިއީ 8 ޕަސެންޓުގެ އިތުރުވުމެކެވެ.

މުޅި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2،107 ޖެޓު މޫވްމަންޓްސްއެވެ.

ވެލާނާ އެއާޕޯޓުގެ ތިން ސަރަހައްދެއްގައި ޖެޓުތައް ޕާކުކުރެވޭނެ ޖުމްލަ 68 ޖާގަ ހަދާފައިވާއިރު، މިހާރުވެސް 30 އަށްވުރެ ގިނަ ޖެޓު އެ އެއާޕޯޓުގައި ޕާކުކޮށްފައިވާކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރާ އަޅާބަލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފަސިންޖަރުންގެ އަދަދު ވެސް 9 ޕަސެންޓަށް އިތުރުވެފައިވާކަމަށް އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރު 2.2 މިލިއަން ފަސިންޖަރުން އައިސްފައިވާއިރު، މި އަހަރުގެ އިއްޔެގެ ނިޔަލަށް އެ އަދަދު 2.4 މިލިއަނަށް އަރާފައިވެއެވެ.

ސްކޫލް ބަންދާއި އާ އަހަރުގެ ބަންދާ ދިމާކޮށް މި ދުވަސްވަރު އެއާޕޯޓަށް ވަރަށް ބާރުބޮޑުވާކަން ފާހަގަކުރެވެއެވެ. މި ދުވަސްވަރަކީ ދުނިޔޭގެ މަޝްހޫރު މަހުޖަނުންނާއި، ވިޔަފާރިވެރިން އަދި ސެލެބްރިޓީން ރާއްޖެއަށް ޒިޔާރަތްކުރާ މޫސުމަކަށްވާތީ، ޕްރައިވެޓް ޖެޓުތަކުގެ އަދަދު އިތުރުވެ، އެއާޕޯޓުގެ ޕާކިންގ އޭރިއާތައް ފުރިހަމައަށް ބޭނުންކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%