14 މިލިއަން މައްސަލައިގައި ރޭ ޗެކުކުރީ 3 ތަނެއް

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 10:18
އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން (މޫކޭގެ މިހާރުގެ ޅިޔަނު ކ 2)
އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން (މޫކޭގެ މިހާރުގެ ޅިޔަނު ކ 2)
ޚުލާސާ

އާރުޑީސީގެ 14 މިލިއަން ޚިޔާނާތުގެ މައްސަލައިގައި ރޭ ޗެކުކުރީ އެ ކުންފުނީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ ގެއާއި އޭނާގެ ޅިޔަނު ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެއް.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ރޭ މެންދަމު ތިން ގެއެއް ބަލައި ފާސްކޮށްފި އެވެ.

އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ އާރުޑީސީ އާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ ތަން އަދި ކުރީގެ ސީއެފްއޯ ޔާސިރު ހަސަން (މޫކޭގެ މިހާރުގެ ޅިޔަނު) އަށް ނިސްބަތްވާ ދެ ތަނެއް، ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ރޭ 1:30 ހާއިރު އެ ތަންތަން ބަލައިނފާސްކުރަން ފަށާފައެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ތަޙްޤީޤަށް ބޭނުން ހިފިދާނެ އިލެކްޓްރޯނިކް ސާމާނުތައް މުކޭ އާއި ޔާސިރުގެ އެޕާޓްމަންޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ޔާސިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޫކޭގެ ކޮއްކޮއަކާއި ކައިވެނިކޮށްފައެވެ.

2022 ސެޕްޓެންބަރު މަހު ހުށަހެޅުނު މި މައްސަލާގައި އާރުޑީސީގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވާއިރު، އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%