އަޒަރުބައިޖާނުގެ މަތިންދާބޯޓު ހާދިސާގައި މަރުވި މީހުންގެ ޢަދަދު 38 އަށް

ޖަވާދު | 78 ދުވަސް ކުރިން - 08:05
ފޮޓޯ: ބީބީސީ
ފޮޓޯ: ބީބީސީ
ޚުލާސާ

ޗެޗްނިއާއާއި ކަޒަކިސްތާނުގެ ރައްޔިތުންވެސް މަރުވެފައިވާއިރު، ތަޙުޤީޤު ނިމެންދެން ބާކޫއާއި ރަޝިޔާގެ ގްރޮޒްނީ އަދި މަހަޗްކަލާ އާ ދެމެދު ކުރާ ދަތުރުތައް ހުއްޓަލައިފި ކަމަށް އެއާލައިނުން ބުނޭ.

ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރީގައި އަޒަރުބައިޖާނު އެއަރލައިންސްގެ މަތިންދާބޯޓެއް އިއްޔެވެއްޓި ހާދިސާގައި 38 މީހުން މަރުވެއްޖެ ކަމަށް ކަޒަކިސްތާނުގެ އޮތޯރިޓީތަކުން ބުނެފިއެވެ. މި ހާދިސާގައި އެތައް ބަޔަކު ދިރި ތިބިކަން ވެސް ފާހަގަކޮށްފައިވެއެވެ.

އަޒަރުބައިޖާނު އެއަރލައިންސްގެ ޖޭ2-8243 ފޖޭ2-8243 ފްލައިޓުގައި 67 މީހުން ތިބިއިރު، އެ ބޯޓު ވަނީ އިމަޖެންސީ ލޭންޑިންގއެއް ކުރަން މަސައްކަތް ކުރަމުން ދަނިކޮށް އަލިފާން ރޯވެފައެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ ރަޝިޔާގެ ގްރޮޒްނީއަށެވެ. ބީބީސީން ރިޕޯޓްކުރާ ގޮތުގައި ބޯ ދުންފިނީގެ ސަބަބުން ބޯޓުގެ މަގު ބަދަލުކުރަން ޖެހުނު ކަމަށް އެއަރލައިންއިން މަޢުލޫމާތު ދީފައިވެއެވެ.

ވީޑިއޯ ފުޓޭޖްތަކުން ދައްކާގޮތުގައި ބާރު ސްޕީޑެއްގައި އައިސް ބިމުގައި ޖެހުމާއެކު އަލިފާން ރޯވެފައެވެ. އެއަރލައިންއިން ބުނެފައިވަނީ ބޯޓު "އިމަޖެންސީ ލޭންޑިންގއެއް" ކޮށްފައިވަނީ އަކްތައުއިން ގާތްގަނޑަކަށް 3 ކިލޯމީޓަރު (1.9 މޭލު) ދުރުގައި ކަމަށެވެ.

މި ބޯޓު އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއިން ފުރާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 03:55 (ޖީއެމްޓީ) ގައި ކަމަށް ފްލައިޓް ޓްރެކިންގ ވެބްސައިޓް ފްލައިޓްރާޑާ24 ގެ މަޢުލޫމާތުން ދައްކައެވެ.

އަޒަރުބައިޖާނު އެއަރލައިންސްއިން ބުނެފައިވަނީ މި ހާދިސާއާ ގުޅޭ ތަޙުޤީޤު ނިމެންދެން ބާކޫއާއި ރަޝިޔާގެ ގްރޮޒްނީ އަދި މަހަޗްކަލާ އާ ދެމެދު ކުރާ ދަތުރުތައް ހުއްޓާލާނެ ކަމަށެވެ.

ބްރެޒިލްގެ ކުންފުނިން އުފެއްދި މިބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޗެޗްނިޔާ އަދި ކަޒަކިސްތާނު ރައްޔިތުން ވެސް ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%