އަޒަރުބައިޖާނުގެ ވެރިރަށް ބާކޫން ރަޝިއާގެ ގްރޮޒްނީއަށް ދަތުރު ފްލައިޓެއް ކަޒަކިސްތާނުގެ އަކްޓާއު ސިޓީ ކައިރިއަށް މިއަދު ވެއްޓިއްޖެއެވެ.
ކަޒަކިސްތާނުގެ އެމަޖެންސީ މިނިސްޓްރީއާ ޙަވާލާދީ ބައެއް ނޫސްތަކުން ބުނީ އެ ފްލައިޓު ވެއްޓުނު ސަރަޙައްދުގައި ރެސްކިއު ޓީމުތަކުގެ އިތުރުން ކަމާ ބެހޭ އިދާރާތަކުގެ އޮފިޝަލުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ފްލައިޓުގައި ދަތުރުކުރި 14 މީހަކު މިހާތަނަށް ސަލާމަތްކޮށް، އެ މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފްލައިޓުން ދަތުރުކުރި މީހުންގެ ޢަދަދު އަދި ކަށަވަރު ނުވެއެވެ.
އެ ފްލައިޓް ވެއްޓުމުގެ ކުރިން އިމަޖެންސީގައި ޖައްސަން ސިގްނަލެއް ދިން ނަމަވެސް، އެ ބޯޓު ފުރަތަމަ ޖައްސަން އުޅުނު ތަނުގައި ދުންފުނީގެ އަސަރު ގަދަވަމުން ލޭންޑް ނުކުރެވިގެން އަލުން އެހެން އެއާޕޯޓަކަށް ރީ-ރޫޓްކުރި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ބޯޓު ވެއްޓުނީ އެ އެއާޕޯޓަށް ޖައްސަން ދަނިކޮށް ކަމަށް ނޫސްތަކުގައިވެއެވެ،