ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓް ރަޖުނީ ޝުޢައިބަށް ކުރެވޭ ތުހުމަތުތައް ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ވިނަރެސް ޓަވަރުތަކުގެ އެޕާޓްމަންޓެއް ހޯދިގޮތާއިމެދު ރަޖުނީ ޝުޢައިބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤެއް ފަށާފައެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުޢައިބާއި ގުޅޭގޮތުން އާންމުކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ" ކަމަށެވެ.